އީރާނަށް ހަމަލާ ދިނުމުގައި ޔޫއޭއީ ބައިވެރިއެއް ނުވޭ، ނުވެސް ވާނެ: ސަފީރު
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ހަމަލާދެނީ އިންސާފުން ނޫން ކަމަށާއި އީރާނަށް ދިން އެއްވެސް ހަމަލާއެއްގައި ޔޫއޭއީ ބައިވެރިވެފައި ނުވާ ކަމަށާއި ނުވެސް ވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.