Live 340,938 stories Updated Mar 23, 2026
Browse topics All stories

Latest stories

Live feed

ބޮޑުތަކުރުފާނު މަގު ހަދާ ސަރަޙައްދުގައި ހުރި ތަކެތި ނެގުމަށް އަންގައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމަށް އިމާރާތްތަކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އަންގައިފިއެވެ. އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ހެންވޭރު…

ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ. އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ގާއިމުކޮށް ހިންގުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެންމެ ފުރަތަމަ ހުޅުވާލީ…

ކުނޫޒު ގޮއްވާލަން އުޅުނު ކަމަށް ބުނާ މައްސަލަ ބާތިލް ކޮށްދޭން އެދި ސުޕްރީމް ކޯޓަށް

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒު ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތް ބާތިލްކޮށްދޭން އެދި ދައުވާ ލިބޭ އެކަކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް އަސްކަރީ ނުރައްކަލެއް ނެތް: ޣައްސާން

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ރާއްޖެ އަށް އަސްކަރީ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ދެއްވައިފި އެވެ.

އެފޯޑަބަލް ހައުސިންގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވަނީ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބަ…

އުއްމީދުތަކާ ގުޅިފައިވާ ޒުވާން ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި

ހޯމަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ. ޒުވާން ސްކޮޑު އެކުލަވާލުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކާމިޔާބު، މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސްކޮޑުން ފު…

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެން އެ…

ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި

އެމެރިކާއާއި އިސްރާއިލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނީ ކޮން ގައުމެއް ކަމެއް ބުނަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ގްރޫޕް ސްޓޭޖަށް ބޮޑު ސަމާލުކަމެއް ދޭނަން: ނޭޕާލް

މާދަމާ ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ނޭޕާލްގެ ގައުމީ ޓީމުން ގުރޫޕް ސްޓޭޖުގެ ނަތީޖާތައް ރަނގަޅު ކުރަން ބޮޑު ސަމާލުކަމެއް ދޭނެކަމަށް ޓީމުގެ ކޯޗު އުރުޖަން ޝްރެސްތާ ބުނެފިއެވެ. މި މުބާރާތުގައި ނޭޕާލް ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާން، ދިވެހިރާއްޖ…

Loading fresh headlines…