ރައީސަށް ނިސްބަތްކޮށް ޝަމްއާން މީޑިޔާގައި ދެއްކި ވާހަކަތައް ދޮގުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަ ޝަމްއާން، މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ( މުންދު ) ވިދާޅުވެއްޖެއެވެ.