Live 6,010 stories Updated Sep 7, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އަބްދުއްރަހީމް އުޅުއްވީ "ހަފޮޅުން ބޭރުގައި"، ފަލާހު އަކީ އެއްލާލާފައި އޮތް ބޮނބިގަނޑެއް ކަހަލަ މީހެއް، ރަނގަޅު ވާނީ އެމީހެއްގެ ސައިޒު އެނގިގެން މަސައްކަތް ކުރިއްޔާ: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއޮތްހާ ދުވަހު އުޅުއްވީ "ހަފޮޅުން ބޭރުގައި" ކަމަށާއި، ފަލާހު އަކީ ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ބޮނބިގަނޑެއް ކަހަލަ މީހެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.

ރައީސް މުޢިއްޒު އަށް ދެން ވެރިކަން ނުލިބޭނެކަން އަރިސް ބޭފުޅުންނަށް އިނގޭ، ކެބިނެޓުގައި ވެސް އިންގިލާބެއް އެބަ ހިނގާ: ރައީސް ޔާމީން

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ދެ ވަނަ ދައުރެއް ނުލިބޭނެކަން ޕީއެންސީގެ އިސްވެރިންނަށް އިނގޭ ކަމަށާއި، ސަރުކާރުގެ ކެބިނެޓުގައި ވެސް އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން

އަންނަ 2028 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އެމަނިކުފާނަށް އޮތް "ތްރެޓް" ނުވަތަ ބިރަކަށް ނުވާނެ ކަމަށާއި ސަބަބަކީ މިހާރު ވެސް ރައްޔިތުން ރައީސް މުއިއްޒު އަށް ވޯޓު ނުދިނުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޓެކްސް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި!

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އޭބީޓީއޭ (އަބްޓާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

”ދައުރު“ އަށް ރައްދު ދީ ރައީސް އޮފީހުން ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް އައު ބަޔާނެއް ނެރެފި!

"ދައުރު" ނޫހުން "ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު" ހަދާފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގެ ބަސްމަގަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް، އައު ބަޔާނެއް ރައީސް އޮފީހުން ނެރެފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާ އެ މަގާމަށް އައްޔަނު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރައްވައިފި އެވެ.

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދިޔަ މުޒާހަރާއަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ

ޚަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންނެވި ވާހަކަ ރައީސް އޮފީހުން އާންމު ކުރަމުން ބުނެފައިވަނީ "މި ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގ…

Loading fresh headlines…