ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ
ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޔޫރަޕާއި އެމެރިކާގައި އުފައްދާ ބޭހަށް ނުބަލާ ކަމަށާއި، ބަލަނީ ކޮލިޓީ ކަށަވަރުކުރެވޭ، ރަނގަޅު ބޭހަށް ކަމަށް ރައީސް މުއިއްޒުގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.