Live 6,017 stories Updated Jun 9, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޝަމްއާން ވަޙީދުގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފި

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދުގެ މައްޗަށް ދައުވާތައް ސާބިތުވެފައިވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކާ ގުޅިގެން، ބައެއް ދާއިރާތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަން އެ ޕާޓީން ބަދަލުކޮށްފި އެވެ.

އައު މަޤާމުގެ މަސައްކަތް ފެއްޓެވިތާ އިރުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނު ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ ފްރޭމްކުރުމުގެ މައްސަލަ ފެށުނީ މިނިސްޓަރ އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނު ކޮށްފިއެވެ.

މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެފައިވާކަމަށް ޤާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ފުރުއްވަމުން ގެންދެވި މަގާމު ސަރުކާރުން އުވާލި މައްސަލައިގައި ކުރީގެ…

ހޯމަ ދުވަހުގެރޭ ރާއްޖެ އައި ޙައްޖުވެރިންގެ ފޮށިތައް ނުގެނެވުނީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކުން: ޙައްޖު ކޯޕަރޭޝަން

ހޯމަ ދުވަހުގެރޭ ރާއްޖެއަށް 200 އެއްހާ ޙައްޖުވެރިން އައިއިރު، އޭގެ ތެރެއިން ގިނަ ޙައްޖުވެރިންގެ ފޮށިތައް ރާއްޖެއަށް ނުގެނެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

Loading fresh headlines…