Live 6,015 stories Updated Aug 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި

ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާ ވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަން ނިންމާފައިވާ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި އެވެ.

ކައިވެނި ކުރުމަށް ބައްޕަ ވަލީ ނުދީގެން އަންހެން ކުއްޖަކު ހުށަހެޅި މައްސަލައެއް ކޯޓުން ބޭރުކޮށްލައިފި

ކައިވެނި ކުރުމަށްޓަކައި ބައްޕަ ވަލީ ނުދީގެން، ވަލީ ހޯދުމަށް އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބައްޕައާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްދިނުމ…

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

އަދަށް ވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމަޢުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިޚ…

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެސްއޯއީތަކުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ދެނެގަނެ ލަފާދޭނެ މީހަކު ހޯދަނީ، މުސާރަ 46،000 ރުފިޔާ!

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ކުންފުނިތަކަށް ކުރާނެ އަސަރުތައް ދިރާސާކޮށް ލަފާދޭނެ ހާއްސަ މާހިރަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން އިއުލާނުކޮށްފި އެވެ.

ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުގައި ހިމެނޭ ބައެއް މާއްދާތައް ޤާނޫނުއަސާސީއާ ތަޢާރުޒުވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު…

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

މ. މުލަކުގައި މަސްވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕްރޮޖެކްޓް އައިލާ އެސްއީޒެޑަކަށް ބަދަލުކުރިގޮތާއި ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން ލިބޭ ވިސާ ޕްރޮގްރާމަށް ހެންލީ އެންޑް ޕާޓްނާސް ހޮވި ގޮތާ ގުޅޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ!

ޕްރޮޖެކްޓް އައިލާ އާއި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޓައުންޝިޕް އަދި ޕާލް ވިސާ ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ވަރަށް މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި ކަމަށާއި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުން ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

ބ. ކިހާދޫގެ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ފެނަކަ ކޯޕަރޭޝަންއާ ހަވާލު ކޮށްފައިވާތާ އެއް އަހަރު ދުވަސްވީއިރު ވެސް، އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސްކިލްޑް ލޭބަރ ނުވަތަ މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހުން ނެތުމުގެ ސަބަބުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފ…

Loading fresh headlines…