ޕުޓިން ވިލާތަށް: ހަނގުރާމައެއް ފަށައިފިނަމަ ފަސޭހަކަމާ އެކު ބަލިކުރާނަން
ވިލާތުން ރަޝިޔާއާއެކު ހަނގުރާމައެއް ފަށައިފި ނަމަ ހަނގުރާމަ ކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށާއި، އެ ފަދަ ޙާލަތެެއްގައި އިތުރު މަޝްވަރާއެއް ކުރުމަށް ފުރުޞަތު ނުލިބޭ މިންވަރަށް ރަޝިޔާއިން ވިލާތުގެ ބާރުތައް ބަލިކުރާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާއާއި ޔޫކްރ…