ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އެމީހެއްގެ ޢާއިލާގެ ޒިންމާއެއް ނޫނެވެ. އެއީ މުޖްތަމަޢުގެ އިޖްތިމާޢީ ޒިންމާއެކެވެ. ޝާމިލް މުޖްތަމަޢެއް ބިނާކުރެވޭނީ އެންމެންގެ މަސައްކަތުންނެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހެވެ. އދ.ން މިދުވަސް ފާހަގަކުރަން ފަށާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކުރުމަށާއި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް މުޖްތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ޝާމިލް މުޖްތަމަޢެއް ބިނާކުރުން" މިއެވެ. މި ޝިއާރުން އެންމެ ބޮޑަށް ބާރު އަޅަނީ މުޖްތަމަޢުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށެވެ. އަދި މުޖްތަމަޢުގެ ކޮންމެ ހަރުފަތެއްގައިވެސް އެހެން މީހުންނެކޭ އެއްގޮތަށް ހަމަހަމަ ފުރުޞަތުތަކެއް އެ ފަރާތްތަކަށް ލިބި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް މިޝިޢާރުން ބާރުއަޅައެވެ.

އިޖްތިމާޢީ ކުރިއެރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭންޖެހޭ
އިޖްތިމާޢީ ކުރިއެރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭންޖެހޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް މިއަދު ފާހަގަކުރާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭތޯ ބަލާލަން ޖެހެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 14832 ފަރާތެއް ދަފްތަރު ކުރެވިފައިވެއެވެ. މިފަރާތްތަކަކީ ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކެވެ. މި ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް 8 ގިންތިއަކަށް ބަހާލެވޭއިރު އެންމެ ގިނައިން ދަފްތަރު ކުރެވިފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 4169 ފަރާތެކެވެ.

މި ދަފްތަރު އެކުލަވާލާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމް ކުރެއެވެ. މިކަންކަމާއެކުވެސް މުޖްތަމަޢުގައި ބައިވެރިވުން އިތުރު ކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމީ ފެންނަ އޮތް ހަޤީޤަތެވެ.

އިޖްތިމާޢީ ކުރިއެރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭންޖެހޭ
އިޖްތިމާޢީ ކުރިއެރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭންޖެހޭ

މިއަދުގެ ސަރުކާރުން މިކަން ދަނެ ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖްތަމަޢުގެ ތެރޭގައި އަދާކުރާ ދައުރު އިތުރުކުރުމަށް އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމަށް ކުރާ މަސައްކަތުގެ މައިގަނޑު އެއް މަޤްޞަދަކީ އެމީހުންގެ ފަރާތުން އެހެން މީހުން ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުމެވެ.

ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު މިމަސައްކަތުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން 333 ފަރާތަކަށް ވަޒީފާގެ ފުރުޞާތު ހޯދައިދީފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާއިރު ސިވިލް ސަރވިސްގެ ތެރެއިން 45 ފަރާތަކަށް ވަޒީފާ ދީފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރުމަށްވެސް ސަރުކާރުންވަނީ މަސައްކަތް ފަށާފައެވެ. އަދި މަސައްކަތުގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަހި މާޙައުލަކަށް ހެދުމަށް އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލުގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ނިންމައި، މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލުގެނެވެން ހުރި އޮފީސްތަކުގައި އެ ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

މިއާއެކު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ބިނާކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، އިންކްލޫސިވް ކްލާސްރޫމްތަކެއް ބިނާކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއިން ކޮންމެ ކަމަކީވެސް ޝާމިލް މުޖްތަމަޢެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

ދައުލަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް ވަސީލަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ޝާމިލް މުޖްތަމަޢެއް ބިނާކުރެވޭނީ އެ މުޖްތަމަޢުގެ ހުރިހާ ފަރާތެއްގެވެސް އެއްބާރުލުމާއެކުއެވެ. އަދި މުޖްތަމަޢެއް ކުރިއަރާނީ އެއްވެސް ފަރާތެއް ބާކީ ނުކޮށް އެންމެންގެ ބައިވެރިވުމާވެސްއެކުއެވެ.