Live 10,291 stories Updated Dec 8, 2025
Showing: PSM
Browse topics PSM

PSM

Live feed

"ކަލަންޑަރާ އެއްގޮތަށް މުބާރާތްތައް ނިންމާލެވުމަކީ ސީބީއެމްގެ މިއަހަރުގެ އެންމެ ބޮޑު އެއްކާމިޔާބީ"

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މިއަހަރުގެ އެންމެ ބޮޑު އެއްކާމިޔާބީއަކީ ކަލަންޑަރާއި އެއްގޮތަށް މުބާރާތްތައް ނިންމާލެވުންކަމަށް އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަޙުމަދު ޙުސައިން ވިދާޅުވެއްޖެއެވެ. ސީބީއެމްގެ މިއަހަރުގެ ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަ…

މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަންއާއި ޑިޖިޓަލް އައިޑީ އަދި އޭއައިއާ ބެހޭ ޤާނޫނުތަކެއް

މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަން ހިމެނޭހެން ފަންނިއްޔާތުގެ އެކި ދާއިރާތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހަދައި، މަޖިލީހަށް ހުށައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. ޑރ. ކިނާނަތު މިހެން ވިދާޅުވީ …

ފަޒުލްގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން ލިޔެކިޔުން ޑިލީޓްކުރި މައްސަލަ ފައިލްކޮށްފި

ޖިނާއީ ތަޙުޤީޤެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔެކިޔުންތަކެއް ޑިލީޓްކުރި މައްސަލާގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެ…

"ބިދޭސީންގެ ޞިއްޙީ ކަންކަމަށް ހައްލު ނުހޯދޭނަމަ އާންމު ޞިއްޙަތުގެ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހިދާނެ"

ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިއަދު މަސައްކަތް ނުކޮށްފިނަމަ އާންމު ސިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ސިއްޙީ ވަޒީރުވަނީ ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކުރުމ…

މައްސަލަ ތަޙުޤީޤުކުރާ އޮފިސަރާ ސީދާ މުޢާމަލާތް ކުރެވޭ ގޮތަށް ފުލުހުންގެ އެޕްލިކޭޝަން އަދާހަމަކޮށްފި

އައު ޚިދުމަތްތަކާއި ފީޗަރސްތަކާއެކު ފުލުހުންގެ އެޕްލިކޭޝަން "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަނެވޭ ގޮތަށް އަދި ޚިދުމަތަށް އެދެވޭ ގޮތަށް ތައްޔާރުކޮށް، އަދާހަމަކޮށްފައިވާ އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަ…

މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ވަނީ ނިމިފައި: ވަޒީރު ޝިޔާމް

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތ…

ފެންބޮޑުވުމުގައި ސުމަތުރާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް 3 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ

އިރުމަތީ އޭޝިޔާ ސަރަޙައްދަށް ދާދިފަހުން އެރި ބާރުގަދަ ތޫފާނަކާ ގުޅިގެން އިންޑޮނީޝިޔާގެ ސުމަތުރާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 3.11 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ނުރައްކާތެރި އެހެން ހާދިޘާތަކުގައި އި…

މަސްމާރުކޭޓު ތަރައްޤީކުރާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި

މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މ…

މަހަލްދީބުން އެއްކުރި 3.8 ޓަނުގެ މުދާ މޯލްޑިވިއަނުން ލަންކާއަށް ފޮނުވައިދީފި

އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ކާރިސާއިން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަހަލްދީބް ފައުންޑޭޝަނުން އެއްކުރި ތަކެތި މޯލްޑިވިއަންގެ ފްލައިޓްގައި ސްރީލަންކާއަށް ފޮނުވައިފިއެވެ. މޯލްޑިވިއަންއިން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ސްރީލަންކާގެ ރައްޔިތު…

ކުދި ރަށްރަށުގައި ބައިނަލްއަގުވާމީ ފެންވަރަށް ދަނޑުވެރިކަން ކުރެވިދާނެ: ވަޒީރު ޑރ. މާރިޔާ

ޒަމާނީ ދަނޑުވެރިކަމުގެ ނިޒާމަކީ ކުދި ރަށްތަކުގައި ކުރިނަމަވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެ ފަދަ ނިޒާމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވީ ދަނޑުވެރިން، އެމްގެޕްއަށް އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު …

ދެވަނަ ފިޔަވަހީގެ ނުހެދި ހުރި މަގުތަކުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ އަންނަ އަހަރު އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމ…

ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިޔަނުން މަތީގައި

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 1.5 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނ…

Loading fresh headlines…