Live 10,129 stories Updated Mar 8, 2026
Showing: PSM
Browse topics PSM

PSM

Live feed

ރޯވި ޑައިވިން ދޯނި އަޑިއަށް ހިނގައްޖެ

އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި ރޯވި އަލިފާން ނިއްވަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 13:30 ހ…

ފަތުރުވެރިން އިތުރުކުރުމަށް ޚާއްސަ ކެމްޕޭންތަކެއް!

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމަށްޓަކާ، ބައެއް މާކެޓްތަކަށް އަމާޒުކޮށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީ.އެމް.ސީން ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމ…

އީރާނުގެ މަނަވަރަކަށް އިންޑިއާއިން ހިމާޔަތްދިން

ސްރީ ލަންކާގެ ކަނޑުގެ ސަރަޙައްދުގެ ބޭރުގައި އޮތް އީރާނުގެ އަސްކަރީ މަނަވަރަކަށް އެމެރިކާއިން ޙަމަލާދީ ފައްތައިލި ދުވަހު، އިންޑިއާ ކަނޑުގައި އޮތް އެހެން މަނަވަރަކަށް ހިމާޔަތްދީ، އިންޑިއާގައި ބަނދަރުކުރުމުގެ ފުރުޞަތު ދިން ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ. މ…

ބޮޑު މޮޅަކާއެކު ހުޅުމާލެ ވެޓެރެންސް ސެމީއަށް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ބުރު ސްޕޯޓްސް ކުލަބު މައްޗަށް ބޮޑު މޮޅެއް ހޯދާ ހުޅުމާލެ ވެޓެރެންސް އިން ސެމީފައިނަލަށް ހިގައްޖެއެވެ. ހުޅުމާލެ ވެޓެރެންސް މެޗު ކާމިޔާބުކުރީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ހުޅުމާލެ ވެޓެރެންސް ޓމުގެ ހުސެއިން ސިމާޒް ވަނީ 5 ލަނޑުޖަހާފައެވެ. މި ނަތީޖާ އ…

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް އިފްތިތާޙްކޮށްފި

ދިވެހި ސިފައިންގެއާއި އަލަށް ގުޅޭ ކުދިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް އިފްތިތާޙު ކުރައްވައިފިއެވެ. އެމްއެންޑީއެފުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިފަހަރުގެ ކޯހުގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރުން ދަސްވެނިވެ ސިފައިންގެއަށް ވަނ…

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު، ޤާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، މިދިޔަ މަހުގެ 6 ވަނަ…

ޔަހޫދީ ފައުޖާ ދެކޮޅަށް ޙިޒްބުﷲގެ ވަރުގަދަ ޙަމަލާތަކެއް

ސޫރިޔާއާ ގުޅޭ ސަރަޙައްދު ރޮނގު ހުރަސްކޮށް، ލުބްނާނަށް އެއްގަމުން ވަދެގަންނަން މަސައްކަތް ކުރި ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކާ، ލުބްނާންގައި ޙަރަކާތްތެރިވާ ޙިޒްބުﷲގެ މުޖާހިދުން ކުރިމަތިލާން ފަށައިފިއެވެ. ލުބްނާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ، ސޫރިޔާ އާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ލުބްނާންގެ އި…

"ކައުންސިލަރުންގެ ތަމްރީނުތައް ނިމޭއިރު އައު ކައުންސިލް އިމާރާތްތައް ހުންނާނީ ނިމިފައި"

މިއަހަރު އަލަށް އިންތިޚާބު ކުރާ ކައުންސިލަރުންނަށް ބޭނުންވާ ތަމްރީނުތައް ނިމޭއިރު، މިހާރު ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިމި، އެތަންތަން ބޭނުން ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ރަ…

ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ގަލްފުގެ ޤައުމުތަކަށް ޙަމަލާދިނުން އީރާނުން މެދުކަނޑާލައިފި

މެދުއިރުމަތީގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކުގެ އޮޕަރޭޝަންތައް ހުއްޓައިލަން މަޖުބޫރުކުރުވުމަށްފަހު، އެ ޤައުމުތަކަށް އީރާނުން އިސްވެ ޙަމަލާދިނުން މެދުކަނޑާލާފައިވާކަމަށް އިޢުލާނުކޮށްފިއެވެ. ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުނ…

ޓްރަމްޕްގެ ހަނގުރާމައަށް މާހިރުންގެ ކަންބޮޑުވުން، އެމެރިކާ ނުރައްކަލެއްގައި

އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް މި ވަނީ އަމިއްލަފުޅަށް އުފެއްދެވި ސިޔާސީ އަދި އަސްކަރީ ކޮޅިގަނޑެއްގެ ތެރޭގައި ތާށިވެވަޑައިގަންނަވާފައެވެ. ހަނގުރާމައިގެ ތެރެއިން އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ، އާޔަތުالله ޢ…

ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެ އަނދަނީ

އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. …

ލ.އަތޮޅާއި މ.އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށަނީ

މި ހިނގާ މާރިޗު މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރަށްތަކުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުންދަނީ މޯލްޑިވްސް ޓްރާންސްޕޯ…

Loading fresh headlines…