Live 12,082 stories Updated Aug 3, 2026
Showing: PSM
Browse topics PSM

PSM

Live feed

ޖަޕާންގެ ސުޒުކީއަށް ޕީއެސްޖީން 33 މިލިއަން ޔޫރޯ

އިޓާލިއަން ސެރީއާގެ ޕާމާއަށް ކުޅެމުންދާ ޖަޕާންގެ ބައިނަލްއަޤްވާމީ ކީޕަރ ޒިއޮން ސުޒުކީ ހޯދުމަށް ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އިން 33 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިފިއެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގައި ސުޒުކީގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ފާހަގަ…

ޓްރާންޝިޕްމަންޓް ކާގޯ އޮޕަރޭޝަނުން ވީއައިއޭއަށް އައު ރެކޯޑެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން ތާރީޚީ އައު ރެކޯޑެއް ގާއިމުކޮށްފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ހާމަކުރައްވައިފިއެވެ. އެމްއޭސީއެލުން ވިދާޅުވީ، މިދިޔަ މަހަކީ ވެލާނާ އިންޓަރނޭޝަނަލ…

ހަތިޔާރު ބަހައްޓަން ޙަމާސުން އެއްބަސްވި ފަހުން ޔަހޫދީންގެ ޖަރީމާތައް ފުޅާކޮށްފި

ޔަހޫދީ ދައުލަތުގެ ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާގައި ނަސްލުހޭދަ ކުރުމުގެ ޖަރީމާތައް ފާއިތުވި ތިން ދުވަހުގެ ތެރޭގައި އިތުރަށް ވަރުގަދަކޮށް، އިތުރު 18 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ހިމެނޭއިރު، މި ހަމަލާތައް ވަރުގަދަކޮށްފައިވ…

ޒަކާތު ފަންޑުން ޖޫންމަހު، ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ

ޒަކާތު ފަންޑުން މިދިޔަ އަހަރުގެ ޖޫންމަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫންމަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ…

ޖުލައިމަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ

މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައ…

ޖުލައިމަހު 184،000 އަށްވުރެ ގިނަ ފަތުރުވެރިން

ޖުލައިމަހު ރާއްޖެއަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމުނު ޖުލައި މަހު ރާއްޖެއަށް ވަނީ 184،735 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކޮށް…

ދެވަނަ ކުއާޓަރުގައި އެމްއައިބީގެ ސާފު ފައިދާ 111 މިލިޔަން ރުފިޔާއަށް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ 111 މިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއިން ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓުގައިވާ ގޮތުން އެ ބޭންކުގެ މުހިންމު މާލީ ދާއިރާތަކ…

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓު މާދަމާ ފަށަނީ

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއިއެވެ. މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަ…

މޮސްކޯގެ ރެސްޓޯރެންޓެއް ކައިރީ ބޮމެއް ގޮވައިފި، ތިން މީހުން މަރުވި

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ މަތީ ފަންތީގެ ރެސްޓޯރެންޓެއް ކައިރީގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެއެވެ. މޮސްކޯގެ ކުދްރީންސްކާ މައިދާން ކައިރީގައި ހުރި އިޓަލީވިލާތުގެ ކާބޯތަކެތި ވިއްކާ ރެސްޓޯރެންޓެއް ކައިރީގައި ދިން މި ހަމަލާގައި އިތުރު 21 މީހަކު ޒަޚަމުވިއެ…

އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް

ކޮންމެ އަހަރެއްގެވެސް ސްކޫލު ބަންދާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން އެތަށް ބަޔަކު މައްކާއަށް ދެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ސްކޫލު ބަންދުގައިވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ. މިދުވަސްވަރަކީ، ހިމަބިއްސާއި އެކި ކަހަލަ ގައިން ގަޔަށް …

މިހަފުތާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވާނެ

ކުރިން މިއަދުން ފެށިގެން މޫސުން އަލިވާނެ ކަމަށް ބެލެވުނު ނަމަވެސް، މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގެ މ…

10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑު ތަރައްޤީކުރުމަށް ސޮއިކޮށްފި

ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް، ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސ…

Loading fresh headlines…