Live 129,606 stories Updated Sep 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރަސްމާލޭގައި އިންވެސްޓްކުރާ އީގަލްސް ހިލްސް އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ސަރުކާރުން މިއަދު ހަވާލުކުރި އީގަލް ހިލްސްއި އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެކަމަށާއި އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަށް ރަ…

އެމްޑީޕީގައި ހޭދަވި މުއްދަތު ކުރުވެގެން ފައިސަލްއަށް ފާޑުކިޔާތީ ދިފާއުގައި ނުކުންނެވީ އިބޫގެ ކޮއްކޮ އަލީ ނިޔާޒް

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގެންގުޅުއްވާއިރު، އެ މަނިކުފާނު އެމްޑީޕީގައި ހޭދަވީ ވަރަށް ކުރު މުއްދަތެއް ކަމަށް ބުނެ އެ ޕާޓީގެ އާއްމު މެމްބަރުންތަކެއް ފާޑުކިޔަން ފެށުމުން ދިފާއުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސ…

ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން 12 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ މަޝްހޫރު އެއް ކުންފުންޏާ އެކު ދިވެހި ސަރުކާރުން 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހި ފަށަން ވެސްޓްޕާކު ސަރަހައްދު ބަންދުކުރަނީ

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު މިިރޭ ބަންދުކުރާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ކޮރެއާގެ މަޝްހޫރު އެކްޓަރެއް ކަމަށް ހެދިގެން ހިންގި ރޮމޭންސް ސްކޭމެއްގައި 25،000 ޑޮލަރު އަތުލައިގެންފި

ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ ޑޮންގް-ވޫކްގެ ނަމުގައި އޮޅުވާލައިގެން ހިންގި "ރޮމޭންސް ސްކޭމް"އެއްގައި އަންހެނެއްގެ އަތުން 35 މިލިއަން ވޮން (ގާތްގަނޑަކަށް 25,000 އެމެރިކާ ޑޮލަރު) އަތުލައިގެންފި އެވެ.

ޕްރިންސް ވިލިއަމްގެ "ދި އާތުޝޮޓް ޕްރައިޒް" ހަފުލާ ކަރަން ހޯސްޓު ކުރަނީ

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އުފައްދަވާފައިވާ ތިމާވެށްޓާ ބެހޭ އެވޯޑު "ދި އާތުޝޮޓް ޕްރައިޒް 2026"ގެ ހަފުލާ އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަފުލާ ހޯސްޓްކުރުމުގެ ފުރުސަތު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ލިބިއްޖެ އެވެ.

ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް، ރަނގަޅީ ކޮން ގޮތެއް؟

ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އާއި މުވާސަލާތީ ކުންފުނި ދިރާގުގެ ހިއްސާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ގުޅިގެން އޭރު ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ދައުލަތަށް ބޮޑު ފައިދާއެއް ވަމުން އައި ދެ ކުންފުނީގެ ހިއްސާ އެ ވަގުތުގެ މާލީ ފައިދާ…

ޕްރޮފެސަރު އުގައިލްގެ އާ ފޮތް: ހިސާބު އިލްމުގައި އިސްލާމީ އިލްމުވެރިންގެ ދައުރު

"މިއީ އާއްމުކޮށް ހުރިހާ ކިއުންތެރިންނަށް އޮތް ފޮތެކެވެ. ހިސާބު އިލްމުގެ ބަޔަކަށް ވާކަަށް ނުޖެހެ އެވެ. މިއީ ހިތާމަފާޅުކުރުމުގެ ފޮތެއް ނޫނެވެ. އެކަމަކު މިއީ ހޯދައި އިޔާދަކުރުމުގެ ފޮތެކެވެ،"

Loading fresh headlines…