Live 129,599 stories Updated Oct 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެމްއެސްއީގެ "ވިޔަނަ" މެދުވެރިކޮށް ވިޔަފާރިތަކަށް 627 މިލިއަނަށް ވުރެ ގިނަ ރުފިޔާ

އާންމު ފަރުދުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ދިވެހި ކުންފުނިތަކުގައި އިންވެސްޓްކުރުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ތައާރަފްކުރި ޕްރައިވެޓް މާކެޓް ޕްލެޓްފޯމް، "ވިޔަނަ" މެދުވެރިކޮށް ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކ…

އުއްމީދީ އެތުލީޓް އައިރާ: ބުރަ މަސައްކަތުން ފުރިގެންވާ ދަތުރެއް

އުމުރުން 13 އަހަރުގެ އައިރާ މުހައްމަދު އަރުޝަދުގެ ހުނަރުވެރިކަން ހުލާސާކޮށްލާ ނަމަ ބުނެވޭނީ މިހެންނެވެ؛ ކުޅިވަރުގެ އާއިލީ ބެކްގްރައުންޑެއް ނެތަސް އަޒުމު ވަރުގަދަ އެވެ. ދުވުމާއި ބާސްކެޓްބޯޅައިގައި ވެސް ވިދަމުން އަންނަ އުއްމީދީ އެއް އެތުލީޓެވެ.

ޗަމްޕާ އަފީފުގެ ހަނދާންތަކުން ކުޑަމިންވަރެއް

ޓޫރިޒަމް ދާއިރާގެ ޕައިނިއާ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) ރޭގައި ވާހަކަ ފެއްޓެވީ މީގެ 54 އަހަރު ކުރީގެ ހަނދާންތަކުންނެވެ. ފަހުގެ ޖީލުގެ ސިކުނޑިތަކަށް އަފީފު ވައްދަވައި ދެއްވަން ބޭނުންވީ ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމަށް 70 ގެ އަހަރުތަކުގައި އޭރުގެ ޒުވާނުން ކު…

ދިވެހިންނަށް ފައިދާ ބަހާގޮތަށް ސަރުކާރުން ރިސޯޓު ހެދުމަކީ ޓޫރިޒަމަށް އަންނާނެ ބޮޑު ބަދަލެއް: ޗަންޕާ އަފީފު

ކޮންމެ ދިވެއްސަކަށް ފައިދާ ބަހާ ގޮތަށް ސަރުކާރުން 10 ރިސޯޓު ހެދުމަކީ، އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ޓޫޜިޒަމް ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ވިޔަފާރިވެރިޔާ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޒުވާނުން އަލުން މުޒާހަރާއަށް، 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާސް ލިސްޓަށް މަކަރުހަދާފައިވާ ކަމަށް ބުނެ ނިއު ދިއްލީގައި ޒުވާނުން އަނެއްކާވެސް މުޒާހަރާތައް ފަށައި ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށް މިއަދު ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފި އެވެ.

އިންޑިއާ އާއި ބްރެޒިލްގެ ކުރިމަތިލުން: ނަތީޖާއަށް ވުރެ މާ ބޮޑު ވާހަކައެއް

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރު ބްރެޒިލާ ދެކޮޅަށް އިންޑިއާިން ކުޅުނު އެކުވެރިކަމުގެ މެޗަކީ އޭގެ ނަތީޖާއަށްވުރެ ބޮޑަށް، އެ މެޗެއްގެ ހާއްސަކަން އެހެން ގޮތްގޮތުން މާ ބޮޑު ވާހަކަތަކެއް ބުނެދޭ މެޗެކެވެ.

ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓްކުރަން ކައުންސިލްގެ މުދާ ބޭނުންކުރުން ގާނޫނާ ހިލާފު: އެލްޖީއޭ

ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓުކުރަން ކައުންސިލްތަކުގެ މުދާ ބޭނުންކުރުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެގޮތަށް އަމަލުނުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އިއްޔެ އިލްތިމާސްކޮށްފި އެވެ.

Loading fresh headlines…