Live 129,732 stories Updated Feb 3, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޖަލުގައި ގައިދީންނަށް އަނިޔާއެއް ނުކުރާނެ، އެއީ ހަރުކޮށިކޮށް ބަލާ ކަމެއް: ކަރެކްޝަންސް

ޖަލުގައި ގައިދީންނަށް އަނިޔާއެއް ނުކުރާނެ ކަމަށާއި އެއީ ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށް މޯލްޑީވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ.

ހައި ކޯޓަށް ކުރީގެ ފަނޑިޔާރު ރައޫފު އަދި ގާޒީ ޝަފީއު އައްޔަންކުރަނީ

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އޯޝަންމޭން މޯލްޑިވްސް: ބޭރުގެ 234 ފެތުންތެރިން ބައިވެރިވެއްޖެ

މުޅި ދުނިޔެ އަށް މަޝްހޫރު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް 'އޯޝަންމޭން ގްލޯބަލް' ގެ ރާއްޖޭގެ އިވެންޓް ކަމަށްވާ 'އޯޝަންމޭން މޯލްޑިވްސް' ގައި މިހާތަނަށް ބޭރުގެ 234 ފެތުންތެރިން ރަޖިސްޓާކުރުމާ އެކު، މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ މުބާރާތަށް ވެއްޖެ އެވެ.

އެޕްސްޓީން ފައިލްގެ ބޭޒާރަށް ފަހު އިސްތިއުފާ، މާފު، ރުޅިވެރިކަން

ކުޑަކުދިންނާ ބެހުމުގެ އިތުރުން ވެސް ޖިންސީ އެތައް ކުށެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި ޖެފްރީ އެޕްސްޓީންގެ ތަހުގީގާ ގުޅޭ އެތައް ހާސް ޑޮކިއުމަންޓެއް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހުކުރު ދުވަހު ވަނީ އަނެއްކާވެސް އާންމުކޮށްފަ އެވެ.

އިންތިހާބުގެ ހުރިހާ ކަމެއް އޮންލައިކޮށް ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާއި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތުން ހުރިހާ ކަމެއް އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ޕީއެންއެފުގެ ފަރާތުން ހައި ކޯޓ…

މޯދީގެ ކޯލަކަށް ފަހު ޑީލެއް؛ ޓްރަމްޕު ވިދާޅުވަނީ ދެން އިންޑިއާއިން ރަޝިޔާގެ ތެޔޮ ނުގަންނާނެކަމަށް

އިންޑިއާއާ އެކު ވިޔަފާރީގެ "ޑީލެއް ހަދައިފިން" ކަމަށާއި އެ ގައުމުގެ ބޮޑުވަޒީރު ވަނީ ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލަން އެއްބަސްވެ ވަޑައިގެންފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ރައީސަށް އެއްބާރުލުން ދެވޭ ވިސްނުމަށް ޖާގަ ދޭން ޖެހޭ: ނައިބު ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް އިހުލާސްތެރި ވެރިއެއް ކަމަށާއި އެ މަނިކުފާނަށް އެއްބާރުލުން ދެވޭ ވިސްނުންތަކަށް ޖާގަދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…