Live 128,456 stories Updated Feb 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެންމެންގެ ޒިންމާއެއް ކަމަށް ދެކި، ވީހާ ވެސް ގިނަ ބަޔަކު ވޯޓުލާން ނިކުތުމަށް ފަސްޓްލޭޑީ އެދިވަޑައިގެންފި

ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަކީ އާންމުކޮށް ވަރަށް މަދުން މީހުން ވޯޓުލާން ނުކުންނަ އިންތިހާބެއް ނަމަވެސް، މި ފަހަރުގެ އިންތިހާބުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓުލުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.

ރާއްޖެއަށް ލިބުނު ފިލާވަޅަކީ މޫސުމީ ގެއްލުމަށް ފިޔަވަޅުއެޅުން ލަސްވުމުން ހޭދަ ބޮޑުވާނެކަން: މުއިއްޒު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ފިޔަވަޅު އެޅުން ލަސްކުރުމުން، މުސްތަގުބަލުގައި އެކަމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމުގެ ފިލާވަޅު ރާއްޖެއަސް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިޒްރޭލާ ޖެހުނު ހިސާބުން އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ރަޝިއާ ސަސްޕެންޑް ކުރި ގޮތަށް އިޒްރޭލް ވެސް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ގޮވާލަމުންދާ އަޑުތައް އިތުރުވެފައިވާ ދުވަސްވރެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ އެވެ.

އެފްއައިޔޫގެ ކުރީގެ ވެރިޔާ ސާޖިދު އެމްއެމްއޭއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މައްސަލަ ނިންމި ގޮތާއި އެކަމާ ގުޅުވައިގެން ވަޒީފާއިން ވަކިކުރި މައްސަލާގައި އެމްއެމްއޭގެ ކުރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހެޑް އިސްމާއިލް ސާޖިދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

އިލެކްޓްރޯނިކް ޕެޓިޝަންގެ ނިޒާމާ އެކު ބޮޑު ބަދަލެއް

މި މަހުގެ އަށް ވަނަ ދުވަހު އަމަލުކުރަން ފެށި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ހަތަރު ވަނަ އިސްލާހުން އުފަން ކުރުވި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭނެ އަދި ހުށަހެޅޭ ޕެޓިޝަންތައް ބަލައިގަނެ، އެ ޕެޓިޝަންތަކަށް އިޖާބީ ގޮތެއްގައި ޖަވާބުދާރީވާނެ ޒަމާނީ ނިޒާމެއް ތައާރ…

މިހާރު ރޯދަ ހަދިޔާ ލިބޭނީ މިފްކޯއިން އެކަނި، ދޫކުރާނީ ރޯދަ މަސް ފެށެންދެން

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރާ މުއްދަތު އިއްޔެ ހަމަވިއިރު ނުގެންގޮސް ތިބި މީހުންނަށް ދެން އެ ދޫކުރާނީ ހަމައެކަނި މިފްކޯ މަރުކަޒުން ކަމަށް ލޯކަލް ގަވާނަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…