Live 129,726 stories Updated Apr 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ޖޫން 6 ގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާތީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ދެކުނު އިރުމަތީގައި އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރަން ވަރުގަދަ ހަރަކާތެއް ފަށައިފި

އެމެރިކާ އިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކު، ޔޫރަޕުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވެފައި ވަނިކޮށް، ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރަން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަރުގަދަ ހަރަކާތެއް ފަށައިފި އެވެ.

އެއްމެދު އިމާރާތްތައް ބަލަހައްޓާ ކޯޕަރޭޝަންތައް އުފައްދަން ފަށައިފި، ފުރަތަމަ ވިނަރެސް އަށް

އެއްމެދު އިމާރާތްތައް (ސްޓްރާޓާ އުސޫލުން ގިނަ ބަޔަކަށް އެއް އިމާރާތަކުން އެޕާޓްމަންޓް ވިއްކާފައިވާ އިމާރާތައް) ހިންގައި ބަލަހައްޓަން، ގާނޫނުން ލާޒިމްކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އުފެއްދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އީރާނުގެ ބަނދަރުތައް މިއަދު ބަންދުކުރަން ފަށާނަން: އެމެރިކާ

ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް އެއްވެސް އުޅަނދަކަށް ވަދެ ނުނިކުމެވޭ ގޮތް ހަދާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ވަނީ މިފަދަ ކޮންމެ އަމަލަކީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި ބަލާ…

ބަދަލުތައް ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި: ޝުޖާއު

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ބުނެދިނީ "ބައެއް ކަންތައްތަކަށް ބަދަލުތައް ގެންނަން ޖެހޭނެ" ވާހަކަ ކަމަށާއި އެ ބަދަލު ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެެ.

އޮސްޓްރޭލިއާ ސިފައިންގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނެއް

އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެނަކު ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރަން ނިންމައިފި އެވެ.

ހަނގުރާމައިގެ 40 ދުވަހަށް އިޒްރޭލުން 11.5 ބިލިއަން ޑޮލަރު ހަރަދުވި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމައިގެ ފުރަތަމަ 40 ދުވަހު އިޒްރޭލުގެ ބަޖެޓުން ގާތްގަނޑަކަށް 35 ބިލިއަން ނިއު އިޒްރޭލީ ޝެކޭލް (11.5 ބިލިއަން ޑޮލަރު) ހަރަދުވެފައިވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން އިއްޔެ ދުވަހު ނެރުނު އަންދާޒާއަކުން ދައްކައިފި އެވެ.

Loading fresh headlines…