Live 128,432 stories Updated Mar 20, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރައީސްގެ އީދު ހިތާބު: އެދިވަޑައިގަތީ މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް

މި ފަހަރުގެ ފިތުރު އީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އެ އުންމަތް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި މި އުފާވެރިކަން ބައްދަލުކުރާ ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވ…

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު ދުވަހެއް ދީފި

އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުން މެދުކަނޑައިލަންޖެހުމާ ގުޅިގެން، އެ ލިސްޓުގައި ސޮއި ކުރަން ދިން މުއްދަތު އިތުރުކޮށްދީފި އެވެ.

ހެންވޭރު ޓާމިނަލްގެ އަތޮޅު ފެރީގެ ހިދުމަތް ވިލިމާލެ އާއި ހުޅުމާލެ ޓާމިނަލަށް

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން ތައްޔާރުވަމުން އަންނާތީ ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ހިދުމަތް މާފަންނު ފެރީ ޓާމިނަލް [ވިލިމާލެ ފެރީ ޓާމިނަލް] އާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފި އެވެ.

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާތީ އެމްޑީޕީގެ ކަންބޮޑުވުން!

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނަގަ ފެންނަ ނުފެންނަ ވޯޓަށް ރާއްޖެ އިން ބޭރުގައި ވޯޓުފޮށިތައް ނުބަހައްޓާތީ އިދިކޮޅު އެމްޑީޕީން މ…

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ކުރަން އެއްބަސްވުމެއް، މޯލްޑިވިއަނުން އަންނަ މަހު ދަތުރުތައް ފަށަނީ

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، ގައުމީ އެއާލައިން މޯލްޑިވިއަނުން އަންނަ މަހު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އަވަސް ސްޕީޑުގައި މާލެ ބަދަލުކުރަން ބޭނުންވާ ތިން ތަނބަށް އަޅުގަނޑު ފަރިތަ: މޫސާ ޖަލީލް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ގައުމީ ދިފާއީ ހިދުމަތުގައި މުޅި އުމުރު ހޭދަކުރެއްވި ގައުމީ ބަތަލެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން ގައުމު ސަލާ…

Loading fresh headlines…