Live 129,580 stories Updated Oct 15, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މުޒާހަރާގައި ބައިވެރިވުމުން އިމްރާން ޚާން އިންޑިއާ ދޫކޮށް ދާން އަންގައިފި

އިންޑިއާގެ މުމްބާއީގައި މިދިޔަ ހަފުތާގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވުމުން އަޅާ ފިޔަވަޅެއްގެ ގޮތުން، މި މަހު 28 ގެ ކުރިން އެ ގައުމު ދޫކޮށް ދިއުމަށް މުމްބާއީގެ ފުލުހުން ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާނަށް އަންގައިފި އެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތަކުން ދުނިޔޭގެ އިގުތިސާދީ ކުރިއެރުމަށް ކުރާ އަސަރު ކުޑަކުރެވިއްޖެ: އައިއެމްއެފް

ގައުމުތަކުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމުގެ ސަބަބުން، ތެލުގެ އަގަށް އަންނަ ބަދަލުތަކުން އިގްތިސާދަށް ކުރިމަތިވާ ބޮޑެތި ލޮޅުންތައް ކުޑަ ކުރެވިފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ރަސޫލާގެ ނަންފުޅު ލިޔެފައިވާ ޓީޝަޓެއް ލީ މައްސަލައިގައި އަރުޖުން ބިޖްލާނީގެ ދެމަފިރިން މާފަށް އެދިއްޖެ

އިންޑިއާގެ ޓީވީ ތަރި އަރުޖުން ބިޖްލާނީގެ އަންހެނުން ނޭހާ ސުވާމީ ލީ ޓީޝާޓެއްގައި ކީރިތި ރަސޫލާ ﷺ ގެ ނަންފަޅު ލިޔެފައި ހުރުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެ ދެމަފިރިން މާފަށް އެދިއްޖެ އެވެ.

އަމާޒަކީ ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި ހައްދައި ބާޒާރަށް ނެރުން: ރައީސް

ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި ހައްދައިގެން ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިންވެސްޓްމަންޓުތަކާ ގުޅުވައިގެން ދައްކާ ނޭދެވޭ ވާހަކަތަކުން ގުޅުންތަކަށް އަސަރުކުރާނެ: މިނިސްޓަރު

ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތަކާ ގުޅުވައިގެން ދައްކާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ގުޅުންތަކަށް އަސަރުކުރާނެ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

މާލެތެރެއަށް ބަނގުރާ ސައިޕްލައިކުރި ނެޓްވޯކްގެ އިސް ދިވެހި މީހާ ހައްޔަރުކޮށްފި

ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ރައްކާކޮށް، މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ފަރާތް ވެސް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ހުސެއިން ވަހީދު މަރު: ގާނޫނު ހުއްދަ ނުކުރާތީ ކުއްޖެއްގެ މަރުގެ ހުކުމް ބާތިލްކޮށްފި

މީގެ 13 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ ކުޑަ ކުއްޖެއްގެ މައްޗަށް އޮތް މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

Loading fresh headlines…