Live 129,709 stories Updated May 31, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެމެރިކާގެ އަހަރީ ދުވަހުގެ ކޮންސަޓް ސިޔާސީވެ ފަންނާނުން ވަކިވާތީ ޓްރަމްޕުގެ ރެލީއަކަށް ބަދަލުކުރަނީ

އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަން ހަމަޖެހިފައިވާ ކޮންސަޓްތަކުގައި ބައިވެރިވާން ނިންމި ބައެއް މިއުޒިކީ ފަންނާނުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން، އެ ކޮންސަޓްތައް ކެންސަލް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮނިހިރު ދުވަހު ގޮވާލައްވައިފި އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖޭން ކުރާ މަސައްކަތަށް ކޮމަންވެލްތުގެ ތައުރީފު

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖޭން ކުރާ ވަކާލާތަށް ކޮމަންވެލްތުން ތައުރީފް ކޮށްފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، "ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުވާކޮށްފި އެވެ.

ހައްޖުގެ ހުރިހާ ކަމެއް އަމާންކަމާ އެކު ނިންމާލެވިއްޖެ: ސައޫދީ

މި އަހަރުގެ ހައްޖު މޫސުން އަމާންކަމާއި ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާކަން މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު އަދި ހައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ޕްރިންސް ސައުދު ބިން މިޝްއާލް އިއްޔެ އިއުލާން ކުރައްވައިފި އެވެ.

އަނިޔާގެ ބިރު ފިލައިފި، ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަނަކަށް އަނެއްކާވެސް މެސީ

އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެން، އަނެއްކާވެސް ކުޅޭނީ ލިއޮނަލް މެސީކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކޮލާނީ ކަށަވަރުކޮށް ދީފި އެވެ.

Loading fresh headlines…