Live 128,400 stories Updated Apr 15, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ: ގިނަ ބަހުސްތަކާއި ސުވާލުތަކަށްފަހު ހުކުމާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލާގެ އަޑުއެހުންތައް ގިނަ ބަހުސްތަކާއި ފަނޑިޔާރުންގެ ގިނަ ސުވާލުތަކަށްފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ނަޝީދު އެދިވަޑައިގަތީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލަން!

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައިވާ މި ދަނޑިވަޅުގައި ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިނިސްޓަރުން އިސްތިއުފާ ދެއްވީ ހެޔޮ ބަދަލުތަކަށް ފުރުސަތު ދޭން: ރައީސް އޮފީސް

ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް މިއަދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެމެރިކާއިން ހުށަހަޅަނީ ޔޫރޭނިއަމް ފައްކާކުރުން އީރާނުން 20 އަހަރަށް މެދުކަނޑާލަން

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލުން ހިމެނުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ގެއްލިފައިވާ ލިޓަންގެ މައްސަލާގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ބިދޭސީ މީހާގެ މައްސަލާގައި ދައުލަތުން އުފުލި މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މެމްބަރުން ޕާޓީ ބަދަލުކުރުމުން ރައްޔިތުން ކަންބޮޑުވޭ، ގޮނޑި ގެއްލޭ އިސްލާހު ސައްހަ: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

Loading fresh headlines…