Live 128,381 stories Updated May 6, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސްކޫލް ބަންދުގައި ބެންކޮކަށް މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް

ކޮންމެ އަހަރެއްގެ ވެސް ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީގައި ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރާ ދިވެހި އާއިލާތައް ގިނަވެ، ދަތުރުތަކަށް ޑިމާންޑު ބޮޑުވާތީ ގައުމީ އެއާލައިން މޯލްޑިިވިިއަން އިން މި ފަހަރު ވެސް ހާއްސަ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

އެއާ އިންޑިއާގެ ބޯޓު ވެއްޓުނީ ޕައިލެޓުގެ ސަބަބުން ނޫން ކަމަށް ބުނެ އިތުރަށް ތަހުގީގުކޮށްދޭން އެދެފި

މިދިޔަ އަހަރު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާ އަކީ ޕައިލެޓުގެ ސަބަބުން ހިނގި ހާދިސާއަކަށް ނުވެދާނެ ކަމަށާއި އެއީ ބޯޓުގެ ކަރަންޓުގެ މައްސަލައަކުން ހިނގި އެކްސިޑެންޓަކަށް ވެދާނެ ކަމަށް ބުނެ އިތުރަށް ތަހުގީގުކޮށްދިނުމަށް ޕައިލެޓުންގެ ޖަމިއްޔާއަކުން އޭވިއޭޝަން މިނިސްޓްރީގައި އެދެފި އެވެ.

ތިލަމާލެ ބްރިޖުގެ ކޮލިޓީގެ މައްސަލައެއް ނެތް: މުއްތަލިބް

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ކޮލިޓީއާ މެދުގައި އެއްވެސް ޝައްކެއް ނެތް ކަމަށް، އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އަންނަ ހަފުތާގައި ހުޅުވާލަނީ

އެފްއޭއެމުން އަލަށް ފަށާ އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލާނެކަމަށް، އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އިއުލާން ކޮށްފި އެވެ.

ތިލަމާލެ ބްރިޖަށް އަރައިފިން، އަޑިގުޑަނެއް ނެތް!

ވިލިމާލެ ކޮޅުން ތިލަމާލެ ބްރިޖަށް އަރައި، ހިނގާފައި މިވަގުތު ދެވެން އޮތް އެންމެ ދުރަށް ދިޔައީމެވެ. އެޅި ކޮންމެ ފިޔަވަޅަކުން ޔަގީންވީ މި ހިސާބުން ހިނގާފައި މާލެއަށް ދެވޭނެ ދުވަސް ވެސް ދެން މާ ދުރު ނޫން ކަމެވެ.

2028 ކާމިޔާބުކޮށް އެމްޑީޕީއަކީ މުޅި ދުނިޔެ އަށް ވިދާލާ ޕާޓީއަކަށް ހަދާނެ: ނަޝީދު

މީގެ ދެ އަހަރެއްހާ ދުވަސް ފަހުން އޮންނަ ރިޔާސީ އިންތިހާބުން ކާމިޔާބު ހޯދައި، ދެން އުފެދޭނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް ކަމަށާއި އެ ދަތުރު ޕާޓީ އެކީގައި އޮވެ ކާމިޔާބު ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…