Live 128,377 stories Updated May 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މި ވަގުތަށް ބިން ލިބިފައިވަނީ 10،700 ފްލެޓް އެޅޭ ވަރަށް: މުއްތަލިބު

މާލޭ ސަރަހައްދުގައި ހައުސިން މަޝްރޫއު ހިންގަން މި ވަގުތަށް މިނިސްޓްރީއަށް ބިން ލިބިފައި ވަނީ 10،700 ފްލެޓު އެޅޭ ވަރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ފިޔާޒާއި ހަސަންގެ ޝަރީއަތް މާދަމާ ފަށަނީ

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ބާސާގެ އުފާފާޅުކުރުމުގައި ޔަމާލް ވިހުރުވާލީ ފަލަސްތީނުގެ ދިދަ

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ބާސެލޯނާއިން ހޯދުމަށް ފަހު، އެ ސިޓީގެ މަގުތަކުގައި ކްލަބުން ބޭއްވި އުފާފާޅުކުރުންތަކުގައި ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލައިފި އެވެ.

ފަސް ފައިނަލް، ހަތަރު ތަރިން: މުޅި މުބާރާތުގައި ނަބީ، ނަބާ، ޒަޔާން އަދި ނިބާލްގެ ވިދުން

ހަތް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބާއްވާ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ބައިގެ ފަސް ފައިނަލުން ވެސް ވެސް ރާއްޖޭގެ ބެޑްމިންޓަންގައި މިހާރު އެންމެ ވިދުން ގަދަ ހަތަރު ތަރިން ކަމަށްވާ އާމިނަތު ނަބީހާ (ނަބީ)، ފާތިމަތު ނަބާހާ (ނަބާ)، ހުސައިން ޒަޔާން ޝަހީދު އަދި ނިބާލް ޖާގަ ހޯދައިފި އ…

ޑްރާފްޓް އެޕްލިކޭޝަނާ އެކު ބޯހިޔާވަހިކަމަށް އެދި 37،000 ފޯމު!

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ޑްރާފްޓް އެޕްލިކޭޝަންތަކާ އެކު 37،000 ފޯމު އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖުކުރުން ކައުންސިލްތަކަށް ލާޒިމުކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ދޭން ޖެހޭ ހިދުމަތްތަކުގެ ލިސްޓަށް، ކުނި މެނޭޖު ކުރުމުގެ ހިދުމަތް ހިމަނަން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މިއީ ބަހުސް ނުކޮށް ހައްލުނުވާނެ ބަހުސެއް!

ވަކި މައުޟޫއެއްގައި އެއްވެސް ސިފައެއްގައި އެއްވެސް ގޮތަކަށް ވާހަކައެއް ވެސް ދައްކާލުން މަނާކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ކޯޓަކުން އަމުރެއް ނެރުނު މިއީ ފުރަތަމަ ފަހަރަށެވެ. އެހެންވެ، މިކަމުގައި އުފެދިފައިވާ ބަހުސް ވެސް އަލެވެ. އެ އަމުރުގެ ހުދޫދަކީ ނުވަތަ އިމަކީ ކޮބައިކަމާ މެދު ކުރެވޭ ބަހ…

ރަޙުމަތްތެރިކަން އޮތަސް އެންމެ އިސްކުރަންވީ ގައުމު

ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ، އެކަކު އަނެކަކާ އޮންނަ ގުޅުންތައް ބަދަހި މުޖުތަމައަކަށްވީ ނަމަވެސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އޮތީ އިސްލާހީ ބޮޑު މަސްއޫލިއްޔަތެކެވެ. މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހަމަ މަގަށް އެޅުވުމާއި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް މަގުކޮށުމާއި ފާލުން ނ…

ހަނގުރާމަ މެދުކަނޑާލި އެއްބަސްވުން އޮތީ "ލައިފް ސަޕޯޓް" ގައި: ޓްރަމްޕް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން ވެފައިވާ އެއްބަސްވުން މިހާރު އޮތީ "ލައިފް ސަޕޯޓް" ގައި ކަމަށް ވިދާޅުވެ އެ އެއްބަސްވުން ހަމަ ކޮންމެ ވަގުތަކު ވެސް ނެތިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކ…

Loading fresh headlines…