Live 129,678 stories Updated Jul 14, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށް، ހޮރްމޫޒް ކަނޑުއޮޅިން ދެން ފީ ނަގާނީ އެމެރިކާއިން: ޓްރަމްޕް

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކުރާނެ ކަމަށާއި، ތެލާއި ގޭހުގެ ވިޔަފާރީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ދެން ފީ ނަގާނީ އެމެރިކާއިން ކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ގެގް އަމުރު އިސްތިއުނާފުކުރަން އެމްޖޭއޭއަށް ފުރުސަތު ނުދިނީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި

"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ނެރުނު ގެގް އަމުރު އިސްތިއުނާފް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައީސްއާ ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ދެނީ، ނަން ނޯޓްކުރަން ހުޅުވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ދިނުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވާން ނަން ނޯޓްކުރުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ކެފޭގެ އުސޫލުން ޑްރަގްގެ ހިދުމަތް ދޭތީ މަރަދޫގެ ގެއެއް ބަންދުކޮށްފި

ކެފޭގެ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ކަމަށް ތުހުމަތު ކުރެވޭތީ އައްޑޫ މަރަދޫގެ ގެއެއް ކަމަށްވާ ބޯޅަދަނޑުގެ ބަންދުކުރަން އެ ރަށު މެޖިސްޓްރޭޓު ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.

ވިލާ ކޮލެޖް "ކިއުއެސް ސްޓާސް ރޭޓިން"ގެ އެންމެ މައްޗަށް؛ މިހާރު 5 ތަރީގެ ކޮލެޖެއް

ދުނިޔޭގެ ފެންވަރުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ފެންވަރު ވަޒަންކުރާ އެންމެ މަޝްހޫރު އެއް އިދާރާ ކަމަށްވާ ކިއުއެސް (ކުއަކުއަރެލީ ސައިމަންޑްސް)ގެ "ކިއުއެސް ސްޓާސް" ރޭޓިން ނިޒާމުގެ ދަށުން ވިލާ ކޮލެޖަށް 5 ތަރީގެ ރޭޓިންއެއް ލިބިއްޖެ އެވެ.

މިނިސްޓަރު އެދިވަޑައިގަތީ ހައުސިންއާ ގުޅޭ ސްކޭމްތަކުގައި ނުޖެހުމަށް

ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އެފަދަ ސްކޭމްތަކުގައި ނުޖެހެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެދިވަޑައިގެންފި އެވެ.

Loading fresh headlines…