Live 128,310 stories Updated Sep 6, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމުން އެމެރިކާގެ ރައްދު އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ބޯޓަކަށް ރައްދުގައި އެމެރިކާ ސިފައިން ހަމަލާދީފި އެވެ.

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމުން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެ، ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެ ވެރިކަން ނިމުނީ އެ މަނިކުފާނުގެ ބޮޑާކަމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީ އަބްދުﷲ މިރޭ ރައްދު ދެއްވައިފި އެވެ.

މިހާތަނަށް 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފި: މުންދު

ސަރުކާރުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އެސްއޯއީތައް ރައިޓް ސައިޒް ކުރަން ފަށައި ތިން މަސް ތެރޭ 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓީމާ މެދު އަހްލާގީ އިމުން ބޭރުން މުއަމާލާތް ކުރި ލަންކާ ކޯޗު ވަކިކޮށްފި

ރާއްޖޭގެ ގައުމީ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުތުރު ބަހުން މުއާމަލާތްކޮށް، ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފި އެވެ.

ފްލެޓްތަކުގެ ބެލްކަނި މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެޗްޑީސީން ފުރުސަތު ހުޅުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

"އަދަދު"ގެ ނޫސްވެރިޔަކު ދިއުމުން މުންދުގެ ޕްރެސް ކޮންފަރެންސް ކެންސަލް ކޮށްފި

ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން މަނާކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ މިއަދުގެ "ޕްރެސާ ވިތު ދަ ސްޕޮކްސް"އަށް ދިއުމުން އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

Loading fresh headlines…