އަރުބާޒަކީ މުސްކުޅިއެކޭ ބުނުމުން އޭނާގެ އަންހެނުން ހިތްހަމަނުޖެހިއްޖެ
އުމުރުން 58 އަހަރުގެ ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރުބާޒް ޚާންއަކީ "މުސްކުޅިއެއް" ކަމަށް ބުނެ، އެ ދެމަފިރިންގެ ދެމެދުގައި ހުރި އުމުރުގެ ފަރަގަށް ފާޑުކީ މީހަކަށް އޭނާގެ އަންހެނުން ސޫރާ ޚާން ވަރުގަދަ ރައްދެއް ދީފި އެވެ.