Live 129,638 stories Updated Aug 16, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީރާންގެ ޕައިލެޓުންތަކެއް ދޫކޮށްލަން ގޮވާލުމުން ގަތަރުން ބުނީ ނެތް ކަމަށް

މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައި ގަތަރުން އީރާންގެ ޖެޓްތަކެއް ވައްޓާލައި އޭގެ ޕައިލެޓުން ހައްޔަރުކޮށްފައި އެބަތިބި ކަމަށާއި އެހެންވެ އެ މީހުން މިނިވަންކުރުމަށް އީރާނުން ހޮނިހިރު ދުވަހު ގޮވާލައިފި އެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ ބަޔަކަށް ހަދާނެ ކަމަށް ޓްރަމްޕު ވިދާޅުވުމުން އީރާނުން ރައްދު ދީފި

ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކިއްޔާތެއްގެ ގޮތުގައި ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އީރާނުން އެކަމަށް ރައްދުދީފި އެވެ.

ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހާ ދެކޮޅު ޕެޓިޝަން ކޮމިޓީއަށް ފޮނުވަންޖެހޭ ވަރަށް ސޮއި ހަމަވެއްޖެ

ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތް ހެދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 2,100 އަށްވުރެ މައްޗަށް އަރައިފި…

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި އެއް ޕަމްޕު ސްޓޭޝަން ބޭނުންކުރަން ފަށައިފި

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގައި ބަހައްޓާ ދެ ޕަމްޕު ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން އިއްޔެ ބޭނުންކުރަން ފަށާފައިވާ ކަމަށާއި އަނެއް ސްޓޭޝަން މާދަމާ ބޭނުންކުރަން ފެށޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ތިން މުބާރާތަކާއި ވޯކްޝޮޕްތަކާ އެކު "މަންފާ ގުރުއާން ކޭމްޕް" އދ. މަހިބަދޫގައި

ގުރުއާން ކިޔެވުމުގެ ތިން މުބާރާތަކާއި ކިޔަވައިދިނުމުގެ ވޯކްޝޮޕްތަކެއް އަދި ކުޑަކުދިންގެ ހަވީރެއް ހިމެނޭ ކޭމްޕެއް އދ. މަހިބަދޫގައި ބާއްވަން މަންފާ އެކަޑަމީ އިން ތައްޔާރުވެއްޖެ އެވެ.

ކުޅިވަރުގެ ރޮނގުން ގައުމީ އިނާމު ސާންތީގެ ހަނދާނަށް

ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މަރްހޫމް އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް މިއަދު ދީފި އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ތިން މިލިއަން ރުފިޔާގެ އެހީދެނީ

ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރުމާ ބެހޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

Loading fresh headlines…