Live 129,633 stories Updated Aug 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޔޫތު މުބާރާތާ ކައިރިވެސް ނުވާން ކޮންކާކަފުން އިންފަންޓީނޯއަށް އަންގައިފި

ޑޮމިނިކަން ރިޕަބްލިކްގައި ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތތުގެ ހަރަކާތްތަކުގައި ބައިވެރިނުވާން، އުތުރު އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ (ކޮންކާކަފް) އިން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އަންގައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އާއި ގައްދޫގެ ހޯމް މެޗުތައް އެ ދެ ރަށުގައި

އަންނަ ސެޕްޓެމްބަރު 10 ގައި ފަށާ މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅެން އެފްއޭއެމުން ނިންމާފައިވާއިރު، ހއ. ދިއްދޫ އާއި ގދ. ގައްދޫގެ ހޯމް މެޗުތައް އޮންނާނީ އެ ދެ ރަށުގަ އެވެ.

ގަވާއިދު ބަދަލުކުރީ ޕެޓިޝަން ހުށަހަަޅަން ގިނަ ބަޔަކަށް ފުރުސަތު ދޭން: އަބްދުއްރަހީމް

އެއް ކަމަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަނޭޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ އުވާލީ ރައްޔިތުންނަށް ދޭ ފުރުސަތު އިތުރުުކުރަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.

ބުކިން ޕްލެޓްފޯމްތަކާއި ޓްރެވެލް އެޖެންސީތަކުން ޓެކްސް ނަގާ ބިލު ފާސްކޮށްފި

ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަމާޒަކީ 2028ގެ އޮގަސްޓްގައި ފްލެޓްތައް ހަވާލުކުރުން: ނާޒިމް

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ނިންމައި 2028 ގެ އޯގަސްޓް މަހުގެ ތެރޭގައި އެތަންތަން ލިބުނު މީހުންނަށް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ބަހުސެއް އޮތަސް ތާއީދު ބޮޑު ޓެކްސްއެއް!

ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތަކުގެ ވިޔަފާރިން ޖީއެސްޓީ ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކުރި ބަހުސްގައި ފެނުނީ އިދިކޮޅު ގިނަ މެމްބަރުން ވެސް އެއްކޮޅަށް އެރި ތަނެވެ. އެ ޕްލ…

Loading fresh headlines…