Live 129,633 stories Updated Aug 26, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

އީރާން ހަނގުރާމައިގެ ނުރައްކާ ކުޑަވުމާ އެކު ތެލުގެ އަގު ދަށަށް

އީރާނަށް ދީފާނެ ކަމަށް ބެލެވުނު އަސްކަރީ ހަމަލާތަކުގެ ނުރައްކާ ކުޑަވެ، އޭގެ ބަދަލުގައި އެމެރިކާއިން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް ބުނުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވިދިވިދިގެން ދެވަނަ ދުވަހު ދަށަށް ހިނގައްޖެ އެވެ.

ލަންކާގެ ޖަލެއްގައި މަރުވި ކަމަށް ބުނި މީހަކު އޭނާގެ ޖަނާޒާއަށް ހާޒިރުވެއްޖެ

ސްރީ ލަންކާގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ މަރުވެފައިވާ ކަމަށް ފުލުހުން އާއިލާއަށް އެންގި މީހެއްގެ ޖަނާޒާއަށް ތައްޔާރުކުރަމުން ދަނިކޮށް، އެ މީހާ ގެއަށް އައުމުން ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ.

ބިލް ހުށަހެޅީ ކުށުގެ މުދާކަން މަދަނީ މިންގަނޑުން ސާބިތުވާ ނަމަ ނެގޭ ގޮތަށް

ތުހުމަތުވާ މީހާއަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ، އެ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ހެދުމާ އެކު، ރާއްޖޭން ބޭރުގައި ހުންނަ މުދާ ވެސް ހިފެހެއްޓޭ ގޮތަށް ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލު ހުށަހަޅައިފި އެވެ.

އެހެން މީހެއްގެ ފާސް ބޭނުންކޮށްގެން އެއާޕޯޓް ތެރެއަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އެހެން މީހަކަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރެއަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ކައުންސިލްތަކުގެ ބިން އަތުލާނަމަ އިންވެސްޓްމަންޓަށް ބަދަލު ދޭ ގޮތަށް ކޮމިޓީން ބިލް ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އަތުލާއިރު، އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބިލް ފާސްކޮށްފި އެވެ.

ފޭދޫ ސްކޫލްގެ ކޭމްޕުގައި ކާނާވިހަވި މައްސަލަ: ފަރުވާދެނީ ދެ ކުދިންނަށް

އައްޑޫ ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕުގައި އިއްޔެ ކާނާވިހަވި ކުދިންގެ ތެރެއިން ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ ދެ ދަރިވަރުންނަށް ކަމަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.

އިންފަންޓީނޯ ގޯހެއް ހަދާފައެއް ނެތް: އެޓޫ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޯހެއް ހަދާފައި ނުވާ ކަމަށް ބުނެ، ތާއީދުކުރަން ފުޓްބޯޅަ ލެޖެންޑް އަދި ކެމެރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ ނިންމައިފި އެވެ.

Loading fresh headlines…