ދިރާގުގެ އަހަރީ ފުޓްސަލް
މުބާރާތުގެ 20 ވަނަ އެޑިޝަން، ޑެސްކަޕް 2026 ކާމިޔާބުކަމާ އެކު ނިންމައިލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ދިރާގު މުވައްޒަފުންނަށް ހާއްސަކޮށްގެން ދިރާގު އީ-ކްލަބް
(އެމްޕްލޯޔީސް ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތުގައި މި އަހަރު 300
މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
ޖުމްލަ 19 ޓީމު ވާދަކުރި މުބާރާތުގެ ސީއީއޯ އެންޑް އެމްޑީސް ކަޕްގެ
ޗެމްޕިއަންކަން ހޯދީ ސީއެންއެފްސީ ޓީމުންނެވެ.
މީގެ އިތުރުން،
ޕްރިމިއާ ލީގުގެ ފައިނަލްގައި ޑީއެސްއެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ވާދަވެރި
މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ވެސް ސީއެންއެފްސީ އެވެ.
ސުޕަ ލީގުގެ ފައިނަލްގައި ފިނޭންޒެސް ޓީމާ ވާދަކޮށް އީއޯސީ ޔުނައިޓެޑް ޓީމު
ވަނީ ސުޕަ ލީގު ކާމިޔާބުކޮށްފަ އެވެ.
ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ
"ވިމެންސް ފިއެސްޓާ" ގެ ފައިނަލްގައި އާރްއޯސީ ސްޓާސްއާ ވާދަކޮށް،
ޗެމްޕިއަންކަން ހޯދީ ފިނޭންޒެސް އެވެ.
މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުންބަދަހިކުރުމުގެ
މަގު ފަހިކޮށްދީ، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބެއިތިއްބުމަށް ދިރާގުން ބޭއްވި މުބާރާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު އީ-ކްލަބް މެދުވެރިކޮށް، މަސައްކަތުގެ
މާހައުލުން ބޭރުން ކުޅިވަރާއި މުނިފޫހިފިލުވުން އަދި އިޖުތިމާއީ އެކި ހަރަކާތްތައް
މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް،
މުވައްޒަފުންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.