Live 125,792 stories Updated Apr 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހަނގުރާމައިގެ 40 ދުވަހަށް އިޒްރޭލުން 11.5 ބިލިއަން ޑޮލަރު ހަރަދުވި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމައިގެ ފުރަތަމަ 40 ދުވަހު އިޒްރޭލުގެ ބަޖެޓުން ގާތްގަނޑަކަށް 35 ބިލިއަން ނިއު އިޒްރޭލީ ޝެކޭލް (11.5 ބިލިއަން ޑޮލަރު) ހަރަދުވެފައިވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން އިއްޔެ ދުވަހު ނެރުނު އަންދާޒާއަކުން ދައްކައިފި އެވެ.

ކުރީ ސަރުކާރުގައި އާސިފް ދޫކޮށްލީ 10 އަހަރުގެ ހުކުމް ފަސް ދުވަހަށް ކުރުކޮށްފައި!

މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ޖަލުން ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާސިފްގެ ހުކުމް ފަސް ދުވަހަށް ކުރ…

16 އަހަރުގެ މަންހަލް؛ އެންމެ ދިގު ފެތުން ފުރިހަމަކުރި ހަމައެކަނި ދިވެހި އެތުލީޓް

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު. ކ. މާފުށީގައި ކުރިއަށްގެންދިޔަ އޯޝަން މޭން މޯލްޑިވްސްގެ 10 ކިލޯޓަރުގެ ރޭހުގައި ވާދަކުރި 44 ބައިވެރިންނަށް ވެސް އެ ރޭހުގެ އުނދަގުލާއި ޗެލެންޖް ބޮޑުވި އެވެ.

ހުރާގެ ގެއެއްގައި ރޯވެ، ލިބުނު ޝޮކްގައި އެކަކަށް ވާހަކަ ނުދެއްކޭ!

ކ. ހުރާގެ ގެއެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އެ ގޭގައި އުޅުނު އަންހެންމީހާ އަށް ލިބުނު ކުއްލި ޝޮކާ އެކު އަދިވެސް ވާހަކަ ނުދެއްކޭ ކަމަށާއި އެހެންވެ އެ މީހާ މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ހަތަރު މިލިއަނާއެކު ވަގަށް ނެގީ މަނިކު ސޭޓުގެ ގޭގެ ތިޖޫރި، އާއިލާ އުޅުނީ އުމްރާގެ އަޅުކަމުގައި

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ ގެއިން ކަމަށާއި އެކަން ކޮށްފައި ވަނީ އޭނާގެ އާއިލާ ރޯދަ މަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދިޔަ ދަނޑިވަޅުގައިކަން އެނގިއްޖެ އެވެ.

ޕްރޮބޭޝަންގައި ވަޒީފާއިން ވަކިކުރީ ބަލިވެއިނުމުން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބަލަން ޓްރައިބިއުނަލްއަށް އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި ހުރި އަންހެން މުވައްޒަފަކު ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކުރީ ބަލިވެއިންކަން އެނގުމުން، އޭނާއާ މެދު ތަފާތުކުރުމުގެ ގޮތުން ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ނުބެލުމުން އެ ނިންމުން ހައި ކޯޓުން ބާތިލ…

Loading fresh headlines…