Live 129,606 stories Updated Sep 17, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލައި، މަރުގެ ދިޔައަށް އެއް މިލިއަން

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާގެ މައްޗަށް ހަ އަހަރުފަހުން ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމާއެކު އެއް މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރުފިޔާގެ ނިޝާން ޔުނިކޯޑަށް ގެންދިޔަ ގޮތް!

ދިވެހި ރުފިޔާގެ ނޫޓުތަކާއި ޕްރައިޒް ލޭބަލްތަކުގައި ބޭނުންކުރުމަށް ފަރުމާކުރި ދިވެހި ރުފިޔާގެ ނިޝާން، ދުނިޔޭގެ ޑިޖިޓަލް ރައިޓިން ނިޒާމު ކަމަށްވާ 'ޔުނިކޯޑް ސްޓޭންޑަޑް' ގައި ހިމެނުމަށް ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގެ ޓެކްނޮލޮޖީ އަދި ފޮންޓް ފަރުމާކުރުމުގެ ދާއިރާގެ ހުނަރުވެރި ޒުވާނުންތަކެއް މިކަމަށްޓ…

އެޗްއައިވީ ފެތުރޭތީ ފިޖީގައި ސިއްހީ ކުއްލި ނުރައްކާ އިއުލާންކޮށްފި

އެޗްއައިވީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފީޖީން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެޗްއައިވީ ޓެސްޓްކުރުމާއި، ފަރުވާދިނުމާއި، އަދި ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރަން ފަށައިފި އެވެ.

ދަރަނި ދައްކަނީ ޕްލޭންކޮށްގެން، އަސާސީ މުދާ ލިިބުން ދައްޗެއް ނުވާނެ: ޒަރީރު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީައި) އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމެންޓަށްވާ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް ތެލާއި އަސާސީ މުދާ ގެންނަން ދަތި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސަރުކާރު ހޮސްޕިޓަލެއްގައި ޑޮކްޓަރު ނެތް ވަގުތު ބަލިމީހުން ބަލައި ބޭސް ލިޔެދޭން އިނީ ޑްރައިވަރު

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ނެތް ވަގުތެއްގައި، އޭނާގެ ޑްރައިވަރު ޑޮކްޓަރުގެ ގޮނޑީގައި އިނދެ ބަލިމީހުން ބަލައި ބޭސް ސިޓީ ލިޔެދިން މައްސަލައެއް ފަޅާއަރައިފި އެވެ.

ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓް ދޭން ޕީއެންސީގެ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

އިނގުރައިދޫގެ 30 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް

ރ. އިނގުރައިދުއަށް ބޯކޮށް އިއްޔެ ވާރޭވެހި 30 ގެއަކަށް ފެންވަދެ އޭގެ ތެރެއިން 15 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

Loading fresh headlines…