Live 359,174 stories Updated Sep 7, 2026
Browse topics All stories

Latest stories

Live feed

ކުނި އެޅުމާއި ކުއްޔަށް ދިނުން ހިމެނޭހެން ފަހި ފްލެޓުތަކާ ގުޅޭ 44 މައްސަލައެއް

ކުނި އުކުމުގެ ގަވާއިދާ ހިލާފުވުމާއި ފްލެޓު ކުއްޔަށް ދިނުން ހިމެނޭހެން ފަހި ފްލެޓުތަކާ ގުޅޭ 44 މައްސަލައެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ރޮބޮޓް ބޭނުންކޮށްގެން ކަކުލުހުޅު ބަަދަލުކުރަން ރާއްޖޭގައި ކުރި ފުރަތަމަ ސާޖަރީ އޭޑީކޭގައި

އިންފްރާރެޑް ކެމެރާއަކާއި އޮޕްޓިކަލް ޓްރެކާސް ބޭނުންކޮށްގެން އަވަސްކަމާ އެކު ކަކުލުހުޅު ބަދަލުކުރަން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ރޮބޮޓް ގެނެސް، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަރީ އޭޑީކޭ ހޮސްޕިޓަލްގައި އިއްޔެ ކޮށްފި އެވެ.

އަބްދުއްރަހީމް އުޅުއްވީ "ހަފޮޅުން ބޭރުގައި"، ފަލާހު އަކީ އެއްލާލާފައި އޮތް ބޮނބިގަނޑެއް ކަހަލަ މީހެއް، ރަނގަޅު ވާނީ އެމީހެއްގެ ސައިޒު އެނގިގެން މަސައްކަތް ކުރިއްޔާ: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއޮތްހާ ދުވަހު އުޅުއްވީ "ހަފޮޅުން ބޭރުގައި" ކަމަށާއި، ފަލާހު އަކީ ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ބޮނބިގަނޑެއް ކަހަލަ މީހެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.

ރެއިލިން ހަރުކުރަން އެޗްޑީސީން ހުޅުވާލިތާ އެއް ދުވަސް ތެރޭ 497 ފްލެޓުން އެދިއްޖެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމަށް އެދުމަށް ހުޅުވާލިތާ އެއް ދުވަސް ތެރޭގައި، 497 ފްލެޓަކުން އެކަމަށް އެދިފައިވާ ކަމަށް އެޗްޑީސީން މި…

ބަންގްލަދޭޝްގައި ޑެންގީ ފެތުރުން ކޮންޓުރޯލުނުވެ ހަސްފަތާލުތަކަށް ބާރު ބޮޑުވަނީ

ބަންގްލަދޭޝްގައި ޑެންގީ ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ޤައުމުގެ ހަސްފަތާލުތަކަށް ބާރު ބޮޑުވެއްޖެއެވެ. މި އަހަރުގެ މިހާތަނަށް 42،590 މީހުން ހަސްފަތާލުގައި އެނދުމަތިކޮށްފައިވާއިރު، 117 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ޞިއްޙަތާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ…

ރައީސް މުޢިއްޒު އަށް ދެން ވެރިކަން ނުލިބޭނެކަން އަރިސް ބޭފުޅުންނަށް އިނގޭ، ކެބިނެޓުގައި ވެސް އިންގިލާބެއް އެބަ ހިނގާ: ރައީސް ޔާމީން

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ދެ ވަނަ ދައުރެއް ނުލިބޭނެކަން ޕީއެންސީގެ އިސްވެރިންނަށް އިނގޭ ކަމަށާއި، ސަރުކާރުގެ ކެބިނެޓުގައި ވެސް އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Loading fresh headlines…