Live 359,174 stories Updated Sep 8, 2026
Browse topics All stories

Latest stories

Live feed

ބޯޓުފަހަރުގައި ބޭނުންކުރާ ތެެޔޮ ލިބުމަށް ދަތިތަކެއް

މި އަަހަރުގެ ތިންވަނަ ކުއާޓާގައި ބޯޓުފަހަރާއި ޕަވަރ ޕްލާންޓުތަކުގައި ބޭނުންކުރާ ތެޔޮ ލިބުމަށް ދަތިވާނެ ކަމަށް ލަފާކޮށްފިއެވެ. ތެޔޮ ލިބުމުގައި ދަތިތައް ހުންނާނެ ކަމަށް ބެލެވިފައި މި ވަނީ ހަނގުރާމައާއި ހަމަލާތަކުގެ ސަބަބުން ތެޔޮ އުފެއްދުމަށާއި، ރިފައިނަރީތައް ހިންގުމަށާއި ތެޔޮ އުފުލާ މަގުތައް ބޭނުން ކ…

އެހެން މީހުންގެ އެޕާޓްމަންޓުތައް ކުއްޔަށް ދޭން އިޝްތިހާރުކޮށް، ފައިސާ ނަގާ މައްސަލަތަކެއް!

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ޒުވާން ޤައުމީ ޓީމަށް ހޫނު މަރުހަބާއެއް

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްއިން ކޮލިފައިން ފޭސްއަށް ކޮލިފައިވި ރާއްޖޭގެ ޒުވާން ގައުމީ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި މުބާރާތުގެ ކޮލިފައިން ފޭސް އިން ރާއްޖެ ޖާގަ ހޯދީ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ ހިމެނުނު ގްރޫޕްގެ ދެވަނަ ހޯދައިގެން…

ރިޔާސީ ޓިކެޓަށް ސޯލިހު ކުރިމަތިލައްވަންވީ ސަަބަބެއް ނުވިސްނޭ: ނަޝީދު

އިދިކޮޅު އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ދުރު ރާސްތާ އަމާޒެއް ކަނޑައަޅައި އެމެރިކާއިން ޒުވާން ޓީމެއް ތައްޔާރުކުރަނީ

ދުރު ރާސްތާ އަމާޒެއް ކަނޑައަޅައި އެމެރިކާގެ ފަރިތަކުރުންތައް ފެށުމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ތައްޔާރުވެއްޖެއެވެ. މިއަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕުގައި ވެސް އެމެރިކާއިން ބޮޑެތި އުންމީދު ތަކެއް ކުރިއެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް ކުރިމަތިލާން ޖެހުނީ މާޔޫސް…

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި 300 އަށްވުރެ ގިނަ ޚަޠީބުން

ޒުވާން ޚަޠީބުންގެ މަހާސިންތާގައި 300އަށް ވުރެ ގިނަ ޚާޠީބުން ބައިވެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޒުވާން ޚާޠީބުންގެ ޤާއުމީ މަހާސިންތާ އޮންނާނީ މިމަހުގެ 13ވަނަ ދުވަހުއެވެ. ޒުވާން ޚާޠީބުންގެ ޤައުމީ މަހާސިންތާއަކ…

ރާއްޖޭގެ ހާފިޡުންގެ އަދަދު 322 އަށް

ސަރުކާރުން ދިވެހިރާއްޖޭގައި ތިބި ހާފިޡުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި 322 ހާފިޡުން ތިބި ކަމަށް އިސްލާމީކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ރާއްޖޭގައި ހާފިޡުން އަދަދު އިތުރުވެގެންދިއުމަކީ އުފާވެރި …

އެންމެ މޮޅީ އަހަރެން، މީހުން ދެކޭ ގޮތެއް ނޭނގެ: އެމްބާޕޭ

ހުސްވި ސީޒަނާއި މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ ކަމަށާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލަންޑޯ އެވޯޑް ލިބެން އެންމެ ރަނގަޅު އަހަރަކީ މިއީ ކަމަށް ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވަދް ކީލިއަން އެމްބާޕޭ ބުނެފި އެވެ. މިހެންވެ އޭނާ ބުނީ ބަލޮންޑޯ އެވޯޑް ލިބޭ ކުޅުންތެރިޔާ ކަނޑައަޅަން ފްރާ…

ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޕްރެޝަރެއް ނެތް: މޮރީނިއޯ

ޔޫއެފާ ޗެމްޕިއަންސް ލީގާއި ކުރިމަތިލާއިރު މި މުބާރާތް ކާމިޔާބުކުރުމަށް އިތުރު ޕްރެޝަރެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ. ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވެ, މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ރެއާލ…

Loading fresh headlines…