Live 359,164 stories Updated Sep 9, 2026
Browse topics All stories

Latest stories

Live feed

ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި

ލައިސެންސް ނެތި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި ލައިސަންސް ނެތް ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފިއެވެ. އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި…

ރައީސް މުއިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ވަޒީރު މުއްތަލިބު

ބުރާސްފަތި ދުވަހު ބާއްވާ އިންޖިނިއަރިންނަށް އެވޯޑު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިން ދާއިރާއިން އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރާފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއ…

ކުޑަ އަގެއްގައި ބިމެއް ވިއްކަނީ 23 އަހަރު ކުރިން ވިއްކަން ނިންމި ބިމެއް ނުދީ އޮތުމުން: ހައުސިން މިނިސްޓްރީ

ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކާލަން ނިންމީ 2003 ވަނަ އަހަރު ސަރުކާރުން އެ މީހާއަށް ވިއްކަން ނިންމާފައި އޮތް ބިމެއް ހަވާލު ނުކޮށް އޮތުމުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެ…

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އިސް އެތައް ފަރާތެއް ހިމެނޭ މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އިދިކޮޅުގައި ތިބި އިރު އަމަލީ ގޮތުން އިސް ސަފުގައި ބައިވެރިވި އެތައް ފަރާތެއް ހިމެނޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި އެވެ.

ބާ ވެހިކަލް ނައްތާލާނީ ބަދަލު ދީފައި: ސައީދު

ބާ ވެހިކަލްތައް ނައްތާލާ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އެކަން ކުރާނީ ބަދަލު ދީފައި ކަމަށް، އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫކޭ އިން ބުނަނީ ޗާގޯސްއަކީ ރާއްޖެއާ ވާހަކަ ދައްކަން ޖެހޭ މައްސަލައެއް ނޫން ކަމަށް

ރާއްޖޭގެ ދެކުނުގައިވާ ޗާގޯސް އާކިޕަލަގޯގެ ސިޔާދަތަކީ ހަމަ އެކަނި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށާއި އެކަމުގައި ދިވެހިރާއްޖެއާ މަޝްވަރާ ނުކުރަނީ އެހެންވެ ކަމަށް ޔޫކޭ އިން އަނެއްކާވެސް ބުނެފި އެވެ.

Loading fresh headlines…