Live 359,059 stories Updated Sep 28, 2026
Browse topics All stories

Latest stories

Live feed

ކެމިކަލް ވިއްކާ ފަރާތްތަކުން ހުއްދައަށް އެދި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ކެމިކަލް ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފިއެވެ. ނުރައްކާތެރި ކެމިކަލާ ބެހޭ ޤަވާއިދުގެ ދަށުން، ނުރައްކާތެރި ކެމިކަލް ވިއްކުމަށްޓަކާ އެ ކެމިކަލް ރައްކާކޮށްފައި ބަހައްޓާ ތަންތަން، ދިފާޢީ ވުޒާރާގެ މަކުޑި ޕޯޓަލްގައި ރަޖިސްޓްރީކޮށް ހުއްދަ ނެގ…

ވަޒީފާ ދޫކޮށްފައި ފަޔާޒު މިހުރީ އޯޓިޒަމް ދަރިފުޅަށް ހުސްވެ!

ދިރިއުޅުމުގެ ހުރިހާ ވަގުތެއް ދަރިފުޅު ދޮންކަލޯއަށް ހުސްކޮށްގެން ހުރި ފަޔާޒް ހަސަންގެ ޓިކްޓޮކުން ފެންނަނީ އޯޓިޒަމާއި އޭޑީއެޗްޑީ ހުންނަ ކުއްޖަކު ބެލުމުގައި އުފުލަން ޖެހޭ ތަކުލީފެވެ. ކެތްތެރިކަން އިސްކުރަންޖެހޭ ވަރެވެ. އޭނާގެ 24 ގަޑިއިރުގެ ވަޒީފާއަކީ ދަރިފުޅު ބެލުމެވެ. އެކަނިމާއެކަނި ދަރިފުޅުގެ ހުރިހާ …

އިންޑޯ ކުޅިވަރުގެ 30 އަހަރުވީ ތަކުލީފު ނިންމަން 27 ކޮމްޕްލެކްސް އަޅާނަން: ރާފިއު

އިންޑޯ ކުޅިވަރުގައި މަލްޓި ޕާޕަސް ކޮމްޕްލެކްސްއެއްގެ ގޮތުގައި މުޅި ރާއްޖޭގައި ވެސް ސޯޝަލް ސެންޓަރު އެކަނި ހުންނަތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި އެ ތަކުލީފަށް ނިމުން ގެންނަން 27 މަޝްރޫއެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭ ވިދާޅުވެއްޖެ އެވެ.

ފަސާދައިން ސަލާމަތްކުރަން 'މަހޯލި' ހައްގު މުހިއްމު ވިއަސް ބައެއް އިދާރާތަކުގެ ސަމާލުކަން ވަރަށް ކުޑަ: އައިކޮމް

ފަސާދައިން ސަލާމަތްވެފައިވާ ނަޒާހަތްތެރި ދައުލަތެއް ބިނާކުރަން "މަހޯލި" އަކީ ވަރަށް މުހިއްމު ހައްގަކަށް ވިއަސް އެކަމަށް ބައެއް މުއައްސަސާތަކުން ދޭ ސަމާލުކަން އަދިވެސް ވަރަށް ކުޑަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބުނެފި އެވެ.

ތައިލެންޑްގައި ފެންބޮޑުވުމާއި ގުޅިގެން ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ތައިލެންޑަށް ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާގެ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވަނީ ތައިލެންޑްގައި ހިނގި ފ…

ފޯމަށް ޖަވާބުދާރީވާން އިތުރު ފުރުޞަތު ދިނުމާމެދު ގޮތެއް ނުނިންމާ

ފޯމު ވެރިފިކޭޝަން މަރުހަލާގައި ދީފައިވާ 21 ދުވަހުގެ މުއްދަތުގައި އެއްވެސް ޖަވާބެއް ނުދީފިނަމަ، އިތުރު ފުރުޞަތެއް ދިނުމާމެދު މިނިސްޓްރީން އަދި ގޮތެއް ނުނިންމާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ހުށައަޅާފައިވާ ފޯމުތަކާ ގުޅިގެން މިވަގުތު ކުރިއަށްދަނީ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތ…

ރާއްޖެއާ ކައިރިން ދާއަަޅައިގެން ނަގާ މަސް ރާއްޖެއަށް ގެންނަން މަޝްވަރާ ކުރަންޖެހޭ: މިނިސްޓަރު

ރާއްޖެއާ ކައިރިން އެކަމަކު ރާއްޖޭގެ އިގުިތިސާދީ ސަރަހައްދުން ބޭރުން ދާއަޅައިގެންނާއި މަސްވެރިކަމުގެ އެހެން ގޮތްތައް ބޭނުންކޮށްގެން ނަގާ މަސް ރާއްޖެއަށް ގެނައުމަކީ މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަހާތީރްގެ އަނބިކަނބަލުން ސިއްތީ ޙަސްމާ އަވަހާރަވެއްޖެ

މެލޭޝިއާގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރު ކަމުގެ މަޤާމުގައި ޚިދުމަތްކުރެއްވި މަހާތީރް މުޙައްމަދުގެ އަނބިކަނބަލުން އަދި ޢާންމު ޞިއްޙަތަށް ވަކާލާތު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ސިއްތީ ޙަސްމާ މުޙައްމަދު ޢަލީ، އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ. އެ ކަމަނާގެ ޖަނާޒާ ސ…

Loading fresh headlines…