ބޮޑު އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓްކުރުން އޮތީ މަޝްވަރާ މޭޒުގައި: ގީލާ
އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. ލިބޭ މީހުންނަށް މާދަމާއިން ފެށިގެން އާސަންދަ ލިމިޓްކުރާނެ ކަމަށް ކުރިން އިއުލާން ކުރިޔަސް، އެކަން މިވަގުތު އޮތީ މަޝްވަރާގެ މަރުހަލާގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.