Live 355,746 stories Updated Jan 7, 2026
Browse topics All stories

Latest stories

Live feed

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ. ޑރ. ޢާއިޝަތު ރަމީލާ އެކޮމިޝަނުގެ ރައީސްގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ހިއުމަންރައިޓްސް …

ޔޫކްރެއިނަށް ރައްކާތެރިކަން ދިނުމުގައި އެމެރިކާއިން ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފި

ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، މުސްތަޤުބަލުގައި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކާ ބައިވެރިވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފިއެވެ. ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ…

ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ ސޯލްޝެއާ

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑުގައި ހުސްވެފައިވާ ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވުން އެންމެ ގާތީ، މީގެކުރިން ވެސް އެ ކުލަބަށް ކޯޗުކަންކޮށްދީފައިވާ އޮލެ ގުނަ ސޯލްޝެއާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފުޓުބޯޅައިގެ ޚަބަރުތައް އެންމެ އިތުބާރާއެކު ގެނެސްދޭ ނޫސްވެރިޔާގެ ގޮތުގައި ގިނަބަޔަކު …

ސްޕެނިޝް ސުޕާ ކަޕުން އެމްބާޕޭ ނުފެންނާނެ

މިރޭ ފަށާ ސްޕެނިޝް ސުޕާ ކަޕުގައި ވާދަކުރާ ރެއާލް މެޑްރިޑުން ނެގި ސްކޮޑުން އެ ކުލަބުގެ ތަރި ކިލިއަން އެމްބާޕޭ ބާކީކޮށްފިއެވެ. ސުޕާ ކަޕަށް ސައުދީ އަރަބިއްޔާއަށް ދިޔަ ރެއާލްގެ ޓީމާއެކު އެމްބާޕޭ ދަތުރުނުކުރާއިރު އޭނާ ސްކޮޑް ލިސްޓުން ބާކީކޮށްފައި ވަނީ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. ރިޕޯޓުތ…

Loading fresh headlines…