ސަރުކާރުން ފެށި އައިވީއެފް ޚިދުމަތުގެ ކާމިޔާބީ؛ އެތައް އާއިލާއަކަށް އައު އުންމީދުތަކެއް!
ރާއްޖޭގެ ނިސްބަތުން ދަރިމައިވުމުގެ މައްސަލައަކީ ގިނަ އާއިލާތަކެއް ތަހައްމަލް ކުރަމުންދާ ބޮޑު މައްސަލައެވެ. ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ތިބެގެން ފަރުވާކުރެވެން ނެތުމުން އެތައް އާއިލާއެއް ރާއްޖެއިން ބޭރަށް ދެއެވެ. ހަރަދު ބޮޑުނަމަވެސް އެ އާއިލާތަކުގެ ހުވެފެނަކީ އުފަން ދަރިއަކު ލިބުމެވެ. …