އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ
ވިސްނުން ބަހައްޓަންވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއްގެ ގޮތުގައި ބެލުމަށް ކަމަށާއި، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.