Live 358,805 stories Updated Oct 12, 2026
Browse topics All stories

Latest stories

Live feed

އައު ސްވިމިންގް ޕޫލާއެކު ރާއްޖެއަށް ސަރަހައްދީ މުބާރާތްތަކުން މެޑަލް ހޯދޭނެ

މޯލްޑިވްސް އެކުއެޓިކްސް އިން ހުޅުމާލެ، ފޭސް 1ގައި ތަރައްގީކުރަމުން އަންނަ ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިންގް ޕޫލުގެ މަސައްކަތްނިމި އެތަން އެތުލީޓުން ބޭނުން ކުރަން ފެށުމުން، ރާއްޖޭގެ އެތުލީޓުންނަށް ސަރަހައްދީ މުބާރާތްތަކުން މެޑަލް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް އެކުއެޓިކްސްގެ …

ޓީސީ ބަލިކޮށް އީގަލްސް ތާވަލުގެ އެއްވަނައަށް

ދިރާގު ދިވެހި ލީގުގައި ބައިނަލްއަގްވާމީ ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗުވީކުގެ ފަހު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކު ކްލަބް އީގަލްސް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އީގަލްސް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.…

ޖިބޫޓީއިން ޔަމަނަށް ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި، 139 މަރު

އެފްރިކާގެ ޤައުމެއް ކަމަށްވާ ޖިބޫޓީއިން ގިނަ ޢަދަދެއްގެ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 139 މީހުން މަރުވެއްޖެއެވެ. އދގެ ހިޖުރަވެރިންނާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ. އައިއޯއެމްއިން ބުނީ ބަންޑުން ޖަހާލި ބޯޓުގައި ގާތްގަނޑަކަށް 305 މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. އޭ…

މިއަހަރުގެ ނިޔަލަށް ހުރިހާ ފާމަސީތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

މިއަހަރުގެ ނިޔަލަށް އަސާސީ ބޭސް ހުރިހާ ރަށެއްގެ ބޭސް ފިހާރަތަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ސަރުކާރުން ވަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި އެޕްރޫވްކ…

ރަޝިއާއާއި ޔޫކްރެއިންއިން ހަކަތައިގެ ދާއިރާއަށް ހަމަލާދިނުން މެދުކަނޑާލަނީ؟

ރަޝިއާއާއި ޔޫކްރެއިންއާ ދެ ޤައުމުން އެއް ޤައުމުން އަނެއް ޤައުމުގެ ހަކަތައިގެ ދާއިރާއަށް ހަމަލާ ދިނުން މެދުކަނޑައިލިމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މީސްމީޑިޔާގައި ކުރެއްްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ މިހާރުން މިހާރަށް ހަކަތައިގެ ދާއިރާއަށް ހަމަލ…

"5 މިސްކިތެއް ޔުނެސްކޯ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު"

އަންނަ އަަހަރު ރާއްޖޭގެ ހިރިގަލުގެ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ގެނެސްދޭ އަހާ ފޯރަމުގެ 9ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަ…

Loading fresh headlines…