Live 354,734 stories Updated Feb 16, 2026
Browse topics All stories

Latest stories

Live feed

ކުޅިވަރަށް ޚިދުމަތްކުރުމުގެ ޙާއްޞަ އެވޯޑު، ޕީއެސްއެމްގެ ސާއިދަށް

ރާއްޖޭގެ ކުޅިވަރަށް ޚިދުމަތްކުރުމުގެ ޙާއްސަ އެވޯޑު، ޕީއެސްއެމް ނިއުސްގެ ކުޅިވަރު އެޑިޓަރު، ސާއިދު އަޙްމަދަށް އަރުވައިފިއެވެ. ކުޅިވަރު ނޫސްވެރިކަމުގެ މައިދާނުގައި ރާއްޖެއަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށް، އަދި ކުރަމުން ގެންދާ ފަރާތެއްކަމުން، އެކަން ފާހަގަކޮށް، ދައުލަތުގެ ފަރާތުން ސާއިދުއަށް ސްޕެޝ…

ރީ-ރަޖިސްޓްރޭޝަން މާދަމާއަށް ހަމަވާނެ

އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާދަމާ، 2026 ފެބުރުވަރީ…

ހުޅަނގު އައްސޭރީގެ ބޮޑެތި ބިންތަކެއް އިޒްރޭލުގެ މިލްކެއްގެ ގޮތުގައި ރަޖިސްޓްރީކުރަނީ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑެތި ބިންތަކެއް އިޒްރޭލުގެ މިލްކިއްޔާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް، ހަރުކަށި ޔަހޫދީން ވަޒީރުންތަކެއް ހުށަހެޅުމުން އިޒްރޭލު ސަރުކާރުން އެކަން ބަލައިގެންފި އެވެ.

ގޭހުގެ އިތުރު ސްޓޮކެއް ގެނެސް ރޯދަމަަސް ފެށެންވާއިރަށް މައްސަލަ ހައްލު ކުރެވޭނެ: އެސްޓީއޯ

ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް މި ހަފުތާގެ ތެރޭގައި ރާއްޖެ އެތެރެކުރާނެ ކަމަށާއި އެއާ އެކު، ރޯދަމަސް ފެށޭއިރު ގޭހުގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޣައްޒާގައި އިޒްރޭލުން 12 މީހަކު ޝަހީދުކޮށްލައިފި

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވި ކަމަށް ބުނެ މިއަދު އެކި ވަގުތުތަކުގައި އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި، މަދުވެގެން 12 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ ނަމަ ނިއުކްލިއާ މަޝްވަރާގައި ދޫ ދޭން ތައްޔާރު: އީރާން

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވާ ނަމަ، ފައްކާކޮށްފައިވާ ޔުރޭނިއަމްގެ މައްސަލާގައި ދޫ ދޭން ތައްޔާރު ކަމަށް އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިބޫގެ ހިޔާލު: މަޖިލިހުގެ އިންތިހާބު ބާއްވަންވީ ދައުރުގެ މެދުތެރެއިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު މިހާރު އޮންނަ މުއްދަތް ވެސް ގޯސް ކަމަށާއި އެންމެ ރަނގަޅު އެއްގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮލުން: ރައީސް ސޯލިހުގެ ހިޔާލަކީ މަޖިލިސް އިންތިހާބުގެ ދައުރުގެ މެދުތެރެއިން ބޭއްވުން ނުވަތަ މިޑްޓަރމް އިންތިހާބެއް ވަކިން ބޭއްވުން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވާނަމަ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ހަދަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…