Live 344,869 stories Updated Dec 9, 2025
Browse topics All stories

Latest stories

Live feed

ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރަން ހުޅުވާލައިފި

އެންމެފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މަސައްކަތަކީ، ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޓްރާންސް ފޯމިންގ ފިޝަރީޒް ސ…

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލޭ އިސްލާހު މި ސަރުކާރުން ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވަރުގަދަ ސުވާލެއް އަމާޒު ކުރައްވައިފި އެވެ.

"ކަލަންޑަރާ އެއްގޮތަށް މުބާރާތްތައް ނިންމާލެވުމަކީ ސީބީއެމްގެ މިއަހަރުގެ އެންމެ ބޮޑު އެއްކާމިޔާބީ"

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މިއަހަރުގެ އެންމެ ބޮޑު އެއްކާމިޔާބީއަކީ ކަލަންޑަރާއި އެއްގޮތަށް މުބާރާތްތައް ނިންމާލެވުންކަމަށް އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަޙުމަދު ޙުސައިން ވިދާޅުވެއްޖެއެވެ. ސީބީއެމްގެ މިއަހަރުގެ ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަ…

މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަންއާއި ޑިޖިޓަލް އައިޑީ އަދި އޭއައިއާ ބެހޭ ޤާނޫނުތަކެއް

މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަން ހިމެނޭހެން ފަންނިއްޔާތުގެ އެކި ދާއިރާތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހަދައި، މަޖިލީހަށް ހުށައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. ޑރ. ކިނާނަތު މިހެން ވިދާޅުވީ …

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ ޚިޔާލު ނުހޯދާ ބޮޑެތި ކަންކަން ކުރައްވަމުން ގެންދަވާތީ އާއްމު މީހެއްގެ ކަންބޮޑުވުންތައް އޮއްސާލައިފި އެވެ.

ފަޒުލްގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން ލިޔެކިޔުން ޑިލީޓްކުރި މައްސަލަ ފައިލްކޮށްފި

ޖިނާއީ ތަޙުޤީޤެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔެކިޔުންތަކެއް ޑިލީޓްކުރި މައްސަލާގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެ…

Loading fresh headlines…