Live 354,491 stories Updated Feb 27, 2026
Browse topics All stories

Latest stories

Live feed

ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް: ރައީސް

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނަށް ފައިދާވާނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން"

ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރުވެސް ރައްޔިތުންނަށް އެންމެ ފައިދާވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ބާއްވާގޮތަށް ފާސްވެއްޖ…

"ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދެއްވުމަށް ރައީސް އިސްކަންދެއްވާ"

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދެއްވުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޕީއެންސީން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް ނިންމަވާ…

އެމްއޯސީގެ މިއަހަރުގެ ބަޖެޓުގެ %72 ގޭމްސްތަކަށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ 2026 ގެ ބަޖެޓު ފާސްކޮށްފަވާއިރު އެބަޖެޓުގެ 72 އިންސައްތަ ޚަރަދުކުރާނީ ގޭމްސްތަކަށްކަމަށް އެއެސޯސިއޭޝަނުން ބުނެފިއެވެ. ހ. މީރުމާގައި ކުރިއަށްދިޔަ އެއެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެމްއޯސީގެ މިއަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފަވާއިރު، ޚަރަދު…

ވަޒީރުގެ އިލްތިމާސްއެއް ކުޅިވަރު އެސޯސިއޭޝަންތަކަށް

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އެތުލީޓުން ހޯދާ ކާމިޔާބީތައް ބިނާވެފައި އޮންނަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން އެއް މިސްރާބަކަށް ކުރާ ދަތުރެއްގެ މައްޗަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް …

އެފްއޭއެމް ވެޓެރެންސް ކަޕް: ޔޫވީ ބަލިކޮށް ހުޅުމާލެ ވެޓެރެންސް ކުރިއަށް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ހުޅުމާލެ ވެޓެރެންސް މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ޓީމު މޮޅުވީ 3-0 ލަނޑުންނެވެ. މާފަންނު އެންނަބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ޑޮމިނޭޓްކޮއްގެން ކުޅުނީ ހުޅުމާލެ ވެޓެރެންސ…

ވެމްކޯ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގަށް މައުލޫމާތު ހިއްސާކޮށްދޭން އެޗްއާރުސީއެމުން އެދިއްޖެ

ވެމްކޯގައި ކުނި އުކުމާއި މެނޭޖުކުރުމުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބަލަން ފަށައި، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ނަމަ ހިއްސާކޮށްދޭން އެޗްއާރުސީއެމުން މިއަދު އެދިއްޖެ އެވެ.

Loading fresh headlines…