ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނުމުން އެކަމަށް ގާނޫނީ ވަކީލް އަލީ ހުސައިން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.