Live 342,467 stories Updated Feb 17, 2026
Browse topics All stories

Latest stories

Live feed

ދެ އަހަރު ނުވާ ދަރިން ތިބޭ މުވައްޒަފުންނަށް ދުވާލަކު އެއްގަޑިއިރު ހުސްވަގުތު ދޭން ޖެހޭ ގޮތް ހަދަނީ

ދެ އަހަރު ނުވާ ދަރިން ތިބޭ އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ދެ ފަހަރު 30 މިނިޓުގެ ހުސްވަގުތު ދޭން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ އުވާލާނެ އުސޫލުތައް ބަޔާންކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މާލެހިޔާ އާއި ސިނަމާލެ ފްލެޓުތައް މަރާމާތުކުރަން އެ ތަނުގެ އެސެސްމަންޓެއް ހަދަނީ

މާލޭހިޔާ އާއި ސިނަމާލޭގެ މެއިންޓަނެންސާ ގުޅޭ ގިނަ މައްސަލަތަކެއް ހުރުމުން، އެތަން މަރާމާތުކުރަން އިމާރާތުގެ އެސެސްމަންޓެއް ހަދަން ނިންމާފައިވާ ކަަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަސްކަރީ ތަމްރީނަކަށް ފަހު ނޫނީ ސަރުކާރުގެ ވަޒީފާ ނުދޭން ގޮވާލައިފި

ސިވިލް ސާވިސްގެ ވަޒީފާ ނުވަތަ ސަރުކާރުން ވަޒީފާ ދިނުމުގައި އަސްކަރީ ތަމްރީނު ފުރިހަމަ ކުރާ މީހުންނަށް ނޫނީ ވަޒީފާ ނުދޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ 2 އަހަރުވަންދެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި، "ބްރައިޓް މައިންޑްސް" ޓިއުޝަން ސެންޓަރުގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ކުރެވެނީ 2 އަހަރުވަންދެން ކުޑަކުއްޖަކަށް އެކިފަހަރު މަތިން ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ވަޙްދާ ބަލިކޮށް އަލް ހިލާލް، އެއްވަނައިގައި ލީޑު ފުޅާކޮށްފި

އޭއެފްސީ ޗެމްޕިއަންސް ލީގުގައި އެކުވެރި އަރަބި އިމާރާތުގެ އަލް ވަޙްދާގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ. ސައުދީގެ ކިންގްޑަމް އެރީނާގައި ކުޅުނު މި މެޗުން އަލް ހިލާލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ޔޫރަޕުގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކާއެކު އިތުބާރާއެކު މުބާރާތުގައި ކުޅެމުން އަންނަ ހިލާލް އި…

Loading fresh headlines…