Live 341,771 stories Updated Feb 26, 2026
Browse topics All stories

Latest stories

Live feed

މިދިޔަ އަހަރު ރެކޯޑު ޢަދަދަކަށް ނޫސްވެރިން މަރާލާފައިވޭ: ސީޕީޖޭ

ފާއިތުވި އަހަރުގެ ތެރޭގައި ރެކޯޑު ޢަދަދަކަށް ނޫސްވެރިންނާއި މީޑިޔާ ދާއިރާގައި މަސައްކަތްކުރާ މީހުން މަރާލާފައިވާ ކަމަށް، ނޫސްވެރިންނަށް ދޭ ޙަމަލާތައް ބަލަހައްޓައި މިނިވަން ޖަމްޢިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ބުނެފިއެވެ. އެ ޖަމްޢިއްޔާިން ބުނީ މިދިޔަ އަހަރުގެ ތެރޭގަ…

ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

ޕީއެންސީގެ ކެންޑިޑޭޓުންގެ ތެރެއިން މިހާރުވެސް ކައުންސިލް މެންބަރުކަމުގައި ތިބި ކައުންސިލަރުން ކައުންސިލް ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅަން ރާއްޖެ އިން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް އިނގިރޭސި ޕާލިމެންޓުގައި ވިދާޅުވެއްޖެ

ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުން "މި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި" ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރައްދު ދައުވާއެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް ވިދާޅުވެއްޖެއެވެ.

"އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވަނީ މި އަހަރު"

މި އަހަރަކީ ތާރީޚީގޮތުން އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. މި ޖަލްސާ އޮނ…

މޮރޮކޯ ކޯޗު އިސްތިއުފާ ދޭ ވާހަކަ ބުނީ ކުޅުންތެރިން ގާތުގައި

މޮރޮކޯގެ ކޯޗުކަމުން ވަލީދު ރެގްރާގީ އޭނާގެ އިސްތިއުފާ ދޭ ވާހަކަ ބުނީ ކުޅުންތެރިން ގާތުގައި ބުނެފި އެވެ. މޮރޮކޯގެ ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު ކޯޗު މަގާމު ދޫކޮށްލަން ނިންމީ އޭނާގެ މަގާމާ މެދު މޮރޮކޯ ފެޑަރޭޝަން ތެރޭގައި ސީރިއަސް ބަހުސްތަކެއް ކުރެވެން ފަށައި ވަރަށް ބޮޑަށް އެ ހިޔާލުތ…

ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުންް ކޯޓަށް މައްސަލަ ހުށަހަ…

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، އެ ވޯޓުގެ ކަންކަން މަޑު ޖައްސައިލުމުގެ ވަގުތީ އަމ…

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫ އަށް ފުރާ ވަޑައިގެންފި އެވެ.

ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ފޯރިވެސް އެހާ ގަދަ

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވާ ލ. ކުނަހަންދޫގައިވެސް ފަށައިފިއެވެ. މިމުބާރާތުގެ ކުޅުން ކުނަހަންދޫގައި ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކު ހަވީރު މެޗެއް ކުޅޭގޮތަށް މުބާރާތް ކުރިއަށްދާއިރު ފުރަތަމަ ދުވަ…

Loading fresh headlines…