Live 341,155 stories Updated Mar 15, 2026
Browse topics All stories

Latest stories

Live feed

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ފުލުހުން ހިންގި ތަހުގީގަށްފަހު ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޕެރޯލްގެ ދަށުން މިދިޔަ އަހަރު 27 ގައިދީން މުޖުތަމަޢުއަށް ދޫކޮށްލި

މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ދޫކޮށްލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ މިދިޔަ އަހަރު ގައިދީންނަށް ފޯރުކޮށްދީފައިވާ އެކި ޚިދުމަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ. ކަރެކްޝަނުން އާންމުކޮށ…

އީރާން ހަނގުރާމައާ ދެކޮޅު މީޑިޔާތަކަށް ޓްރަމްޕްގެ ސަރުކާރުގެ އިންޒާރު

އެމެރިކާއާއި ޞަހްޔޫނީ ދައުލަތުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ޙަޤީޤަތް ހާމަކުރާ މީޑިއާތަކުގެ ލައިސަންސް ބާޠިލުކުރާނެ ކަމުގެ އިންޒާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދީފިއެވެ. ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ގެ ޗެއާމަން ބްރެންޑަން ކާރް ވިދާޅުވީ، ޤައުމީ މަޞްލަޙަތާ ޚިލާ…

އީރާނަށް ހަމަލާދޭން އެހީވާ ޤައުމުތަކަށް ޢަރާޤިޖީގެ އިތުރު އިންޒާރެއް

ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާ ދިނުމުގެ ފުރިހަމަ ޙައްޤު އީރާނަށް ލިބިގެންވާ ކަމުގައި ވިދާޅުވެ، އީރާނަށް ޙަމަލާ ދިނުމަށް އެހީތެރިވާ ޤައުމުތަކަށް ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އަނެއްކާ ވެސް ވަރުގަދަ އިނ…

އީރާނުގެ ދިފާޢީ ޙައްޤަށް ތާއީދުކޮށް، ސަރަޙައްދީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ޙަމާސުން ގޮވައިލައިފި

ޔަހޫދީންނާއި އެމެރިކާގެ އިސްނެގުމާއެކު އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަށް ރައްދުދިނުމަކީ، އަމިއްލަ ދިފާޢުގައި އީރާނަށް ލިބިގެންވާ ހައްޤެއް ކަމުގައި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ބުނެފިއެވެ. ނަމަވެސް، ރައްދުގައި ދެމުންދާ ޙަމަލާތައް އަވައްޓެރި ޤައުމުތަކަށ…

ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނު އަސާސީއަށް ބަދަލު ގެންނަވާ، ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އަންގާރަދުވަހު ހުޅުވާލަނީ

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އަންނަ އަންގާރަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވޯޓުލުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެޕްރީލް…

މިރަމަޟާން މަހު މަސްޖިދުލް ޙަރަމަށް ރެކޯޑު އަދަދަކަށް މީހުން

ރަމަޟާން މަހުގެ ފަހު 10 އަކާއި ދިމާކޮށް މަސްޖިދުލް ޙަރަމްގައި ވަރަށް ބާރު ބޮޑުވެއެވެ. ވަކިން ޚާއްސަކޮށް ފަހު 10 އެއްގެ އޮނަހިރި ރޭތަކުގައި މިސްކިތުގައި ހޭދަކުރާ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވެއެވެ. މަސްޖިދުލް ޙަރަމްގައި މިހާރު ގާތްގަނޑަކަށް އެއްފަހަރާ 3 މިލިއަނެއްހާ މުސްލިމުންނަށް އަޅުކަމުގަ…

Loading fresh headlines…