Live 341,052 stories Updated Mar 19, 2026
Browse topics All stories

Latest stories

Live feed

ކުޑަކަޅުވާ އަށް ތަދުވެ، ޖޯން ގާސިއާ އަށް ދެން ކުޅެވޭނީ ދެ ހަފުތާ ފަހުން

ބާސެލޯނާގެ ގޯލްކީޕަރު ޖޯން ގާސިއާ އަށް ކުޑަކަޅުވާ އަށް ތަދުވެ ދެ ހަފުތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ. އުމުރުން 24 އަހަރުގެ ކީޕަރަށް އަނިޔާވީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް އަތުން ބާސެލޯނާ 7-2އިން މޮޅުވި މެޗުގަ އެވެ. 80 ވަނަ މިނިޓްގައި ބޯޅަ ހިފަން އުޅެނިކޮށް އ…

ޗެމްޕިއަންސް ލީގުގައި ސަލާހާއި ކޭން އަދި ޔަމާލަށް ވެސް ރެކޯޑް ރެއެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންގްލެންޑްގެ ހެރީ ކޭން އާއި މިސްރުގެ މުހައްމަދު ސަލާހު އަދި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވެސް ރޭގެ މެޗުތަކުގައި ގޯލު ޖަހައި ޝަރަފްވެރި ރެކޯޑެއް ހަދައިފި އެވެ.

ވޯލްޑް ކަޕަށް އެމެރިކާގެ ސެކިއުރިޓީ ވަރުގަދަކުރަން 625 މިލިއަން ޑޮލަރު

ޖޫން، ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ހޯސްޓްކުރާ އެމެރިކާގެ ސިޓީތަކުގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ދޭ ފެޑެރަލް ފަންޑު ދޫކުރަން ނިންމައިފި އެވެ.

ތަށި ހަވާލެއް ނުކުރާނަން، ދާނީ ކާސް އަށް: ސެނެގާލް

އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ މޮރޮކޯ ކަމަށް އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން ނިންމުމުން އެކަން ބަލައި ނުގަނެ ކާސް އަށް ދާން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެނެގާލްއިން ނިންމައިފި އެވެ. އެ ގައުމުން ބުނީ ފައިނަލް މެޗުގައި މޮރޮކޯ ބަލިކޮށް، ތަށި އުފުލާލިތާ ދެ މަސް ފަހުން ޗެމްޕިއަ…

ހަކަތައިގެ ސިނާއަތް ފުނޑާލާނެކަމުގެ އިންޒާރާ އެކު ސައޫދީ އާއި ގަތަރަށް އީރާންގެ ވަރުގަދަ ހަމަލާތަކެއް

އިޒްރޭލުން އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ގަލްފު ސަރަހައްދުގެ ތެޔޮ އަދި ގޭސް ކާރުހާނާތަކަށް ބުދަ ދުވަހު ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

މާލޭގެ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ގަސްކާނާ އާއި ކެމިކަލް ހުރި ގުދަނެއްގައި ބުދަ ދުވަހުގެރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ގެތަކުން 32 މީހަކު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.

ބައިބަލާ 1447: ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ދަ ވަން ސްޕޯޓްސް ކުލަބު

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރު ހަރަކާތް ކަމުގައިވާ ބައިބަލާގެ އެންމެ ޝަރަފުވެރި މުބާރާތް، ޢީދު ބައިބަލާ ޗެލެންޖް 1447 ގެ ފުރަތަމަ މެޗުގައި ކުޑަހެންވޭރު ސްޕޯޓްސް ކުލަބާއި ދަ ވަން ސްޕޯޓްސް ކުލަބު ބައްދަލުކުރަން ޖެހިއްޖެއެވެ. ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބުދަ ދުވަހުގެރޭ ވަނީ މި މު…

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުތަކެއް ރާއްޖޭގެ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ މިރޭ އިސްލާމ…

ކެމިކަލް ގުދަނުގެ އަލިފާނުން މުޅި މާލެއަށް ވިހަ ދުން, ރައްކާތެރިވާން އެދެފި

މާފަންނުގައި ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން މުޅި މާލެއަށް ވިހަ ދުން ފެތުރިފައި ވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދިއްޖެ އެވެ.

އިރާން ނިއުކްލިޔަރ ހަތިޔާރާ ދެކޮޅު، ސިޔާސަތަށް ބަދަލެއް ނާދޭ

އީރާނުގެ ރޫހީ އެންމެ އިސް މުޝީރުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަނުކޮށްފައިވީނަމަވެސް، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް އެ ޤައުމުން ގެންގުޅޭ ސިޔާސަތަށް މާބޮޑު ބަދަލެއް އަންނާނެކަމަށް ޤަބޫލުނުކުރައްވާކަމަށް، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ. ހުސްވި ފެބްރުއަރީ މަހުގ…

ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

Loading fresh headlines…