Live 352,821 stories Updated Jun 26, 2026
Browse topics All stories

Latest stories

Live feed

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން، ހަރުދަނާ އުސޫލުތަކެއްގެ މަތިން މުއައްސަސާއެއްގެ ގޮތުގައި ހިނގަމުންދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ވިލުންވެށި ގްރާންޓް، ފުރަތަމަ މަރުހަލާގައި 50 ފަރާތަކަށް ގްރާންޓް!

މޫސުމީ ބަދަލަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުސަތު ފަހި ކުރުމަށް ގައުމީ ފެންވަރުގައި ލޯނު ޕްރޮގްރާމެއް މިހާރު ވަނީ އިފްތިތާހްކޮށްފައެވެ. "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ގެ ނަމުގައި މިޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި…

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު މިއަދު ފެންނަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

މިހާރު ދައުލަތް ހިނގަމުންދަނީ ދައުލަތެއްގެ ސިފައިގައި ނޫންކަމަށާއި، ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ވިލާތުގައި އާދަޔާޚިލާފަށް ހޫނު ގަދަވެ 94 މިލިއަން މީހުން ނުރައްކަލަށް

ވިލާތުގައި އާދަޔާޚިލާފަށް ހޫނުގަދަވެ، އެ ބައްރުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 94 މިލިއަން މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ލަފާކޮށްފިއެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑަށް ހޫނުގަދަވެފައިވަނީ ފަރަންސޭސިވިލާތުގެ އިތުރުން ސްޕެއިންގައެވެ. އެ ދެ ޤައުމުގައި ހޫނުމ…

އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

ތުރުކީން އެމެރިކާ ބަލިކޮށްފި، ދެވަނަ އޮސްޓްރޭލިޔާއަށް!

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާ އެއް ގައުމު އެމެރިކާގެ މައްޗަށް ތުރުކީން ކުރި ހޯދާ، ގްރޫޕްގެ ދެވަނަ އޮސްޓްރޭލިޔާ ހޯދައިފިއެވެ. މުބާރާތުން ކަޓާފައި އޮތް ތުރުކީން ގްރޫޕްގެ އެއްވަނަ އެމެރިކާގެ މައްޗަށް ކުރި ހޯދީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން މޮޅުވެ، 3-2 ނެވެ. މެޗު ފެށިގ…

Loading fresh headlines…